މޫސުން ގޯސްވެ މާފުށީގައި އިމާރާތް ކުރާ ފަރާތްތަކަށް ރެޑް ނޯޓިސް

ކައުންސިލުން ވަނީ އިމާރާތް ކުރާ ތަންތަނުގައި ވަޔާއެކު ވިއްސައިގެންދާ ގޮތަށް ތަކެތި ނުބެހެއްޓުމަށް އަންގާފައިވެ އެވެ.

ކ. މާފުށި: އުސް އިމާރާތްތަކާއެކު މާފުށި ވަނީ ފުރިފަ

ރާއްޖޭގެ އޮތް މާލެ ނަގާފައި އެންމެ ބޮޑު އިކޮނޮމީ ކަމަށްވާ ކ. މާފުށީގައި އިމާރާތް ކުރާ ފަރާތްކަށް މޫސުން ގޯސްވެފައި ވާތީ "ރެޑް ނޯޓިސް" ނެރެފި އެވެ. 

މާފުށީ ކައުންސިލްގެ ރައީސް ހުސެއިން ސޮލާހު ވިދާޅުވީ ގިނަ އަދަދެއްގެ އިމާރާތްތަކެއްގެ މަސައްކަތް ކުރަމުންދާ އެ ރަށުގައި މަސައްކަތް ކުރާ ތަންތަނަށް ރެޑްނޯޓިސް ނެރެން ޖެހުނު ސަބަބަކީ މޫސުން ގޯސްވުމާއެކު އިމާރާތް ކުރާ ތަންތަނުން ވެއްޓޭ އެއްޗިހީގެ ސަބަބުން ގެއްލުމެއްވުމުގެ ބިރު އޮތުމުން ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރާގައި ވައިގަދަވުމުގެ ސަބަބުން އެރަށުގައި ހަދަމުންދާ އިމާރާތްތަކުން އެއްޗިހި ވެއްޓި ބައެއް ގޭގެއަށް ގެއްލުން ވެފައިވެ އެވެ.

އިމާރާތް ކުރާ ތަންތަނުގައި، މާފުށީ ކައުންސިލުން ހަރުކޮށްފައިވާ ނޯޓިސްގައިވާ ގޮތުން އިމާރާތް ކުރަން ވާނީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ. އަދި މި ފިޔަވަޅު ނާޅައި މަސައްކަތް ކުރުމުގެ ސަބަބުން ވަޔާއެކު ތަކެތި ވިއްސައިގެން ގޮސް ގެއްލުންވަމުންދާ ކަމަށެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވުވުމުގެ ބިރު އެބައޮތް ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ. އެހެންކަމުން އިމާރާތް ކުރުމަށް ބަހައްޓާފައި ހުންނަ ސާމާނު މީހުން ގެއްލުން ނުވާނެ ގޮތަކަށް ބެހެއްޓުމަށް އިލްތިމާސްކޮށްފައިވެ އެވެ. 

މާފުށި - މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރާ އެއް ރަށެވެ. އެ ރަށުގެ އާބާދީ އަކީ 1,824 އެވެ. މާފުއްޓަކީ އަހަރަކު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 618 މިލިއަން ރުފިޔާ) ރޯލް ކުރާ ބޮޑު އިގްތިސޯދެކެވެ. އެއީ މާލެ ފިޔަވަައި ރާއްޖޭގައި އޮތް އެންމެ ގިނައިން އާމްދަނީ ބޮޑު ރަށެވެ. އެ ރަށުގައި 63 ތަނެއްގައި 1,868 ޓޫރިސްޓު އެނދު އެބަހުއްޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.