ކޮންމެ އަހަރަކު 500 ޓީޗަރުން މެޓާނިޓީ ލީވަށް ދޭ

ރާއްޖޭގެ ތައުލީމީ ނިޒާމަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަމްރީނުވެފައި ތިބި ފެންވަރު ރަގަޅު ޓީޗަރުން ނުލިބުމެވެ.

ރާއްޖޭގެ ސްކޫލެއްގައި ކިޔައިވދޭ ޓީޗަރުންތަކެއް: ޓީޗަރުންގެ އާބާދީގައި ގިނައީ އަންހެން ޓީޗަރުން -- މިރާ
  •  ދިވެހި އިސްލާމް ކިޔަވައިދޭން ގިނައި 55 އަހަރުން މަތީ ޓީޗަރުން

ރާއްޖޭގެ ސްކޫލުތަކުގައި އަންހެން ޓީޗަރުންގެ އާބާދީ ބޮޑުއިރު، އަހަރެއްގެ މައްޗަށް 500 އެއްހާ ޓީޗަރުން މެޓާނިޓީ ލީވްއަށް ދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރީން ބުނެފި އެވެ.

ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފަރުމާ ކުރުމުގެ ގޮތުން އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމެއްގެ މައުލޫމާތު ހިއްސާ ކުރަމުން އާންމު ކުރި މައުލޫމާތުތަކުގެ ތެރޭގައި މިނިސްޓްރީން ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ފާހަގަކުރެވޭ ބައެއް ގޮންޖެހުންތައް ހިއްސާކޮށްފަ އެވެ.

"[ސަރުކާރު ސްކޫލުތަކުގައި] މުދައްރިސުންގެ އާބާދީގައި އަންހެން ބޭފުޅުން ގިނަ އިރު، އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 500 ބޭފުޅުން މެޓާނިޓީ ލީވް ނަންގަވާ،" މިނިސްޓްރީން ބުންޏެވެ.

މިދިޔަ އާދީއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައިވާއިރު، ސަރުކާރު ސްކޫލުތަކަށް 156 އާ ބިދޭސީ މުދައްރިސުން ވަނީ ގެނެސްފަ އެވެ. އެޔާއެކު ސަރުކާރު ސްކޫލުތަކުގެ 1900 އެއްހާ ބިދޭސީ މުދައްރިސުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ މަޖުބޫރު ދެ މާއްދާ ކަމަށްވާ ދިވެހި އަދި އިސްލާމް މާއްދާ ކިޔަވައިދޭން ގިނައިން ތިބީ 55 އަހަރުން މަތީގެ ޓީޗަރުން ކަމަށެވެ.

"ދިވެހި މާއްދާ އާއި އިސްލާމް މާއްދާ ކިޔަވައިދޭ 300 މުދައްރިސުން ތިއްބަވާ އިރު، އޭގެ ތެރޭގައި ގިނައީ އުމުރުން 55 އަހަރު ވެފައިވާ ބޭފުޅުން. އެހެންކަމުން ކޮންމެ ވަގުތަކުވެސް އާލީ ރިޓަޔަމެންޓް ނެންގެވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެވޭ،" މިނިސްޓްރީގެ ކަންބޮޑުވުންތައް ހިއްސާ ކުރަމުން ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނެފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަމްރީނުވެފައި ތިބި ފެންވަރު ރަގަޅު ޓީޗަރުން ނުލިބުން ކަމަށެވެ. ފެންވަރު ރަނގަޅު މުދައްރިސުން ހޯދަން ދަތިވާ މައިގަނޑު އެއް ސަބަބު ކަމަށް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފާހަގަކުރެއްވީ އޭލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ތައުލީމީ ދާއިރާއަށް ޝައުގުވެރިކަން ހުރި ދަރިވަރުންގެ އަދަދު މަދުވުމެވެ.

އެހެންކަމުން ސްކޫލް ނިންމާ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މުދައްރިސުން ތަމްރީނުކުރުމުގެ މި ޕްރޮގްރާމްގެ އަމާޒަކީ މުދައްރިސްކަމުގެ ދާއިރާއަށް ވަންނަ ދަރިވަރުންގެ އަދަދު އިތުރުކޮށް، އޭގެ މަންފާ ދިގު މުއްދަތަކަށް ތައުލީމީ ނިޒާމަށް ލިބިގެންދިއުން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.