އިޒުރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކާ ދެކޮޅަށް ބޮލީވުޑްގެ ތަރިން

އިޒްރޭލުން ރަފަހްއަށް ދިން ހަމަލާއަށް ފަހު އޭ ލިސްޓް ބޮލީވުޑްގެ ތަރިންތަކެއް ވަނީ ފަލަސްތީނާ އެކު ތިބިކަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި އާލިއާ ބަޓް، ކަރީނާ ކަޕޫރު އަދި ވަރުން ދަވަން ހިމެނެ އެވެ.

ކަރީނާ އާއި އާލިއާ: ދެ ތަރިން ވެސް ވަނީ އިޒްރޭލު ކުށްވެރިކޮށްފައި

އާލިއާ ބަޓާއި ކަރީނާ ކަޕޫރް އަދި ވަރުން ދަވަން ފަދަ ބޮލީވުޑްގެ އޭ ލިސްޓް ތަރިން ވެސް ވަނީ "އެންމެންގެ ނަޒަރު ރަފަހްއަށް" އަމާޒުކޮށް ޕޯސްޓްތައް ހިއްސާ ކޮށްފަ އެވެ.

އިޒްރޭލުން ރަފަހްއަށް ދިން ހަމަލާއަށް ފަހު އޭ ލިސްޓް ބޮލީވުޑްގެ ތަރިންތަކެއް ވަނީ ފަލަސްތީނާއެކު ތިބިކަން ހާމަ ކޮށްފައި ވެއެވެ. އޭގެ ތެރޭގައި އާލިއާ ބަޓް، ކަރީނާ ކަޕޫރު އަދި ވަރުން ދަވަން ހިމެނެ އެވެ.

އާލިއާ އޭނާގެ އިންސްޓަގްރާމް ސްޓޯރީޒްގައި ވަނީ ޕޯސްޓެއް ހިއްސާކޮށް ، "ހުރިހާ ކުދިންނަށް ވެސް ލޯބި ހައްގު" ކަމަށް ބުނެފަ އެވެ. އަދި ހުރިހާ ކުދިންނަށް ވެސް ރައްކާތެރިކަން ހައްގު ކަމަށާއި ހުރިހާ ކުދިންނަށް ހަމަޖެހުން ލިބެން ޖެހޭ ކަމަށާއި ކޮންމެ ކުއްޖަކަށް ވެސް ދިރިއުޅުން ހައްގު ކަމަށް އޭނާ، ކެޕްޝަންގައި "AllEyesOnRafah" ހޭޝްޓެގާއެކުގައި ލިޔެފައި ވެއެވެ. 

އާލިއާގެ ފަހަރި އަދި މަޝްހޫރުތަރި ކަރީނާ ކަޕޫރު ވެސް އަންގާރަ ދުވަހު އޭނާގެ އިންސްޓަގްރާމް ސްޓޯރީޒްގައި ޔުނިސެފްގެ އޮފިޝަލް އިންސްޓަގްރާމް ހޭންޑަލް އިން ކުރި ޕޯސްޓެއް ހިއްސާ ކޮށްފަ އެވެ. އެ ޕޯސްޓުގެ އެގްޒެކެޓިވް ޑައިރެކްޓަރު ކެތަރިން ރަސެލް ވަނީ ރަފަހުގައި ކުޑަކުދިންނާއި އާއިލާތައް މަރާލި މައްސަލަ ކުށްވެރިކޮށް، އެ އަމަލު "ނާތަހުޒީބު" ކަމަށް ސިފަކޮށްފަ އެވެ. 

ވަރުން ދަވަން ވެސް ވަނީ އިޒްރޭލުގެ އެންމެ ފަހުގެ ހަމަލާއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ "އޯލް އައިޒް އޮން ރަފަހް" ފޮޓޯ އޭނާގެ އިންސްޓަގްރާމް ސްޓޯރީތަކުގައި ހިއްސާ ކޮށްފަ އެވެ.

އެއްބައިވަންތަކަމުގެ ގޮތުން ފަލަސްތީނާއެކު ބައިވެރިވި އެހެން އެކްޓަރުންގެ ތެރޭގައި މަދޫރީ ޑިކްސިޓް އާއި ޓްރިޕްޓީ ޑިމްރީ އާއި ފާތިމާ ސަނާ ޝެއިހް އާއި ސަމަންތާ ޕްރަބު އާއި ދިއާ މިރްޒާ އަދި ސްވަރާ ބާސްކަރް ހިމެނެ އެވެ.

އިޒުރޭލުން އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި 45 މީހުން މަރާލާފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަހްގެ ބޭރުގައި ރޭގަނޑު ޓެންޓުތަކުގައި ހިޔާވަހިކަން ހޯދަމުން ދިޔަ މީހުންނެވެ.

ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރު ކޮށްދޭ އދ. ގެ އެޖެންސީން ބުނީ، އިޒްރޭލުން ރަފަހްއަށް ހަމަލާ ދޭން ފެށުމުގެ ސަބަބުން އެއް މިލިއަނަށް ވުރެ ގިނަ މީހުން އެ ސިޓީ ދޫކޮށް ދިއުމަށް މަޖުބޫރު ވެފައިވާ ކަމަށެވެ. އިޒްރޭލާއި ހަމާސްއާ ދެމެދު ގާތްގަނޑަކަށް އަށް މަސް ވަންދެން ހިނގަމުން ދާ ހަނގުރާމައިގައި ގިނަ ބައެއްގެ ގެދޮރުވަނީ ގެއްލިފަ އެވެ.

އިޒްރޭލުގެ ބައިވެރިން ކަމަށްވާ އެމެރިކާ އާއި އެހެނިހެން ބައިވެރިން ވަނީ ރަފަހް އަށް ހަމަލާ ނުދިނުމަށް އިޒްރޭލަށް އިންޒާރު ދީފައެވެ. ޖޯ ބައިޑަންގެ ސަރުކާރުން ވަނީ މިއީ "ރެޑްލައިން" ފަހަނައަޅައި ދާނެ ކަމެއް ކަމަށް ބުނެ، އެފަދަ ހަމަލާތަކަށް ހަތިޔާރު ނުދޭނެ ކަމަށް ވެސް ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.