ބޭނުން ކޮށްފައި ހުރި ތަރުކާރީ ތެލުން ސިއްހަތަށް އޮތީ ނުރައްކާ

ކާ އެއްޗެހި އަބަދު ތެއްލުމުގެ ބަދަލުގައި އާވިން ކެއްކުން، ފިހުން ނުވަތަ ގްރިލްކުރުން ފަދަ ތެޔޮ މަދުން ބޭނުންވާ ގޮތަށް ކާނާ ތައްޔާރު ކުރުމަށް އާދަކުރުމުން މިފަދަ ގެއްލުންތަކުން ހަށިގަނޑު ސަލާމަތްކުރުމަށް އެހީއަކަށް ވެގެން ދެއެވެ.

ކާއެއްޗެހި ރަނގަޅު ގޮތުގައި ބޭނުން ކުރުމުގެ އާދަތައް ދަސްކޮށް ބޭނުން ހިފަން ޖެހޭ

ސީނިއާ ނިއުޓްރިޝަނިސްޓް އިޕްސިތާ ޗަކްރަބަތީ ކިޔައިދޭ ގޮތުގައި ތަކުރާރުކޮށް ތަރުކާރީ ތެޔޮ ހޫނު ކޮށްފިނަމަ އޭގެ ސަބަބުން ގެއްލުންހުރި ކޮމްޕައުންޑްތައް އުފެދެ އެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް) އިން ދާދި ފަހުން ވަނީ ތަކުރާރުކޮށް ތަރުކާރީ ތެޔޮ ހޫނު ކުރުމުން ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް އިންޒާރު ދީފަ އެވެ.

މި މަހުގެ ކުރީކޮޅު ނެރުނު ޑައިޓަރީ ގައިޑްލައިން ފޯ އިންޑިއަންސްގައިވާ ގޮތުން ބޭނުން ކޮށްފައި ހުންނަ "ކައްކާ ތަރުކާރީ ތެޔޮ" ތަކުރާރުކޮށް ބޭނުން ކުރުމަކީ ގޭތެރޭގަ އާއި ވިޔަފާރީގެ ތަންތަނުގައި ވެސް ވަރަށް އާންމު ކަމެކެވެ. ތަރުކާރީ ތެޔޮ / ފެޓް ތަކުރާރުކޮށް ހޫނު ކުރުމުން ޕީޔޫއެފްއޭ އޮކްސިޑޭޝަންވެ، ގެއްލުންހުރި / ވިހަ ކޮމްޕައުންޑްތައް އުފެދި، ހިތުގެ ބަލިތަކާއި ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

އޭނާ ކިޔައިދިން ގޮތުގައި ތަކުރާރުކޮށް ތަރުކާރީ ތެޔޮ ހޫނު ކޮށްފިނަމަ އޭގެ ސަބަބުން ޕޮލިސައިކްލިކް އެރޯމެޓިކް ހައިޑްރޯކާބަންސް (ޕީއޭއެޗް)، އެލްޑިހައިޑްސް އަދި އެކްރިލަމައިޑް ފަދަ ނުރައްކާތެރި ކޮމްޕައުންޑްތައް އުފެދެ އެވެ. މި ކޮމްޕައުންޑްތައް އުފެދެނީ އޮކްސިޑޭޝަން، ހައިޑްރޯލައިސިސް އަދި ޕޮލިމަރައިޒޭޝަން ފަދަ ކެމިކަލް ރިއެކްޝަންތަކުންނެވެ. 

ޕޮލިސައިކްލިކް އެރޯމެޓިކް ހައިޑްރޯކާބަންއަކީ ޑީއެންއޭއަށް ގެއްލުންދީ ކެންސަރު އުފެއްދުމަށް މަގުފަހި ކޮށްދޭ ކާސިނޯޖަންތަކެއް ކަމަށް އޭނާ ބުނެ އެވެ. ލްޑިހައިޑްސް، ހާއްސަކޮށް އެކްރޮލިނަކީ ވެސް ނޭވާލާ ނިޒާމަށް ވިހަ އަދި އުނދަގޫވާ އެއްޗެކެވެ. މި ކޮމްޕައުންޑްތަކުގެ ސަބަބުން ސިއްޙީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެއެވެ. އެހެންކަމުން ރައްކާތެރިކަމާއެކު ކެއްކުމުގެ އާދަތަށް ގެންގުޅުމަކީ މުހިއްމު ކަމެކެވެ.

ނުރައްކާ އުފެދުމުގެ ފުރުސަތު ބޮޑު ތެލުގެ ބާވަތްތައް

ސޯޔާބީން، ސަންފްލާވާ އަދި ކޯން އޮއިލް ފަދަ ޕޮލިއަންސެޗުރޭޓެޑް ފެޓްސް ގިނަ އަދަދަކަށް އެކުލެވޭ ތެޔޮތައް ތަކުރާރުކޮށް ހޫނު ކުރުމުން، ގެއްލުންހުރި މާއްދާތައް އުފެދުމުގެ ފުރުސަތު ބޮޑެވެ. މިއީ ޕޮލިއަންސެޗުރޭޓެޑް ފެޓްސްގެ ކެމިކަލް ސްޓްރަކްޗަގެ ސަބަބުން، ގިނަ ޑަބަލް ބޮންޑްތަކެއް އެކުލެވިގެންވާ، އެއަށްވުރެ ރިއެކްޓިވް އަދި އޮކްސިޑޭޝަނަށް މަގުފަހިވާ އެއްޗެކެވެ.

ނަމަވެސް އޮލިވް އޮއިލް އާއި ކެނޯލާ އޮއިލް ފަދަ މޮނޮއަންސެޗުރޭޓެޑް ފެޓްސް ގިނަ އަދަދަކަށް ހުންނަ ތެލާއި، ކާށިތެޔޮ އަދި ޕާމް އޮއިލް ފަދަ ސެޗުރޭޓެޑް ފެޓް ގެ މިންވަރު ގިނަ ތެޔޮ، ބޮޑަށް ހޫނުވުމުން ގެއްލުންހުރި މާއްދާތައް އުފެދުމުގެ ފުރުސަތު ހަނި ކޮށްދެ އެވެ.

ނުރައްކާ ކުޑަ ކުރަން ގެންގުޅެވިދާނެ އާދަތައް

ތަރުކާރީ ތެޔޮ ތަކުރާރުކޮށް ހޫނުވުމުން ކުރިމަތިވާ ނުރައްކާތައް ކުޑަ ކުރުމަށްޓަކައި ރައްކާތެރި ގިނަ އުސޫލުތަކެއް ގެންގުޅެން ޖެހެ އެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑު ނަސޭހަތްތެރި ވާނީ ތެޔޮ ގިނަ ފަހަރަށް އަލުން ބޭނުން ނުކުރުމަށް، ހާއްސަކޮށް ހޫނުމިން މައްޗަށް ގޮސްފައިވާ ނަމަ. ކޮންމެ ފަހަރަކު ކައްކާއިރު ތާޒާ ތެޔޮ ބޭނުން ކުރަން ޖެހޭނީ އޭގެ ސަބަބުން ގެއްލުންހުރި ކޮމްޕައުންޑްތައް އުފެދުން ވަރަށް ބޮޑަށް މަދުކުރެވިދާނެ،" ޗަކްރަބަތީ ބުންޏެވެ.

ދެވަނަ ކަމަކީ މިފަދަ ގެއްލުން ބޮޑު ތެލުގެ ބަދަލުގައި އޮލިވް އޮއިލް، ކާށިތެޔޮ ނުވަތަ އެވަކާޑޯ ތެޔޮ ބޭނުން ކުރަން އާދަ ކުރުމެވެ. ކާ އެއްޗެހި އަބަދު ތެއްލުމުގެ ބަދަލުގައި އާވިން ކެއްކުން، ފިހުން ނުވަތަ ގްރިލްކުރުން ފަދަ ތެޔޮ މަދުން ބޭނުންވާ ގޮތަށް ކާނާ ތައްޔާރު ކުރުމަށް އާދަކުރުމުން މިފަދަ ގެއްލުންތަކުން ހަށިގަނޑު ސަލާމަތްކުރުމަށް އެހީއަކަށް ވެގެން ދެއެވެ.

ކައްކާ އިރު ފިނިހޫނުމިން ބެލުމާއި ތެޔޮ މާބޮޑަށް ހޫނު ނުކުރުމަކީ ވެސް ވިހަ މާއްދާތައް އުފެދުން ހުއްޓުވައިދޭ ކަމެކެވެ.
ޗަކްރަބަތީ ތަފްސީލު ކޮށްދިން ގޮތުގައި ޑީޕް ފްރައި ކުރުމުގެ ބަދަލުގައި އަވަނުން ފިހެލުން ނުވަތަ އެއާ ފްރައިއާ ބޭނުން ކުރުމުން ވަރަށް ބޮޑަށް ތެޔޮ މަދުކޮށް ތެލުލި ކާނާގެ ރަހަ ގެނެވިދާނެ ކަމަށެވެ. 

"އާވިން ކެއްކުން ނުވަތަ ފެނު ކެއްކުމަކީ ވެސް ތެޔޮ ބޭނުން ނުކޮށް ނިއުޓްރިއެންޓްސް ހިމާޔަތް ކޮށްދޭ ވަރަށް ރަނގަޅު ގޮތްތަކެއް."

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.