އުފަންދުވަހު ފަޅާލީ ފިހާރަ، ސުނީގެ ހިތް ކުދިކުދި

ނެށުންތެރިޔާ ސުނީގެ ފިހާރަ ފަޅާލާ ވަތްގަނޑުގައި ހުރި ފައިސާތައް ބަޔަކު ގެންދިޔައި އެވެ. ވަކި ލާރިކޮޅު ހުރީ އުކާލާފަ އެވެ.

ސުނީތާ އަލީ

މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީގެ "ސުނީ ސްޕެޝަލް" ފިހާރަ ފަޅާލާ ވައްކަން ކޮށްފި އެވެ.

ސުނީ ބުނީ ފިހާރަ ފަޅާލާ ވަގުން ފައިސާއާ ބައެއް ތަކެތި ގެންގޮސްފައި ވާކަން އެނގުނީ ރޭ ފިހާރަ ހުޅުވަން ދިއުމުން ކަމަށެވެ. އިއްޔެ ފިހާރަ ނުހުޅުވާތީ ވައްކަން ކުރި ސީދާ ވަގުތެއް ނޭނގެ އެވެ.

ވައްކަން ކޮށްފައި ވަނީ ދޮރުގެ ތަޅު ހުރި ދިމާ ހަލާލުކޮށް ތަޅު ފެލާލައިގެން ވަދެ އެވެ.

އިއްޔެއަކީ ސުނީގެ އުފަން ދުވަހެވެ. ލިބުނު ހިތްދަތި ކަމުގައި ސުނީ ކުރި ޕޯސްޓެއް ލިޔެފައިވެ އެވެ.

"ރަނގަޅު ބާތުޑޭ ގިފްޓެއް މި ލިބުނީ. ފިހާރަ ފަޅާލީ،" ހިތާމަވެރިކަން ރަމްޒު ކޮށްދޭ އިމޯޖީއެއް ހިމަނާ ފިހާރައަށް ދީފައިވާ ގެއްލުން ފެންނަ ފޮޓޯތަކާއެކު ސުނީ ކުރި ޕޯސްޓެއްގައި ވެއެވެ.

ސުނީގެ ފިހާރަ ވަނީ ފަޅާލާފައި

ސުނީ ބުނީ ފިހާރަ ފަޅާލައި ވަތްގަނޑުގައި ހުރި ފައިސާތައް ވެސް ގެންދިޔަ ކަމަށެވެ. ވަކިލާރިކޮޅު ހުރީ އުކާލާފަ އެވެ. ވަގަށް ގެންދިޔައީ ކިހާ ފައިސާއެއް ކަމެއް ކަަށަވަރުކޮށް ބުނާކަށް ސުނީއަކަށް ނޭނގެ އެވެ.

ފިހާރާ ގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް ތަކެތި ވެސް ވަގުން ވަނީ ގެންގޮސްފަ އެވެ.

ވައްކަަމުގެ މި ހާދިސާ ރިޕޯޓް ކުރުމުން ފުލުހުން ވަނީ ފިހާރައަށް ގޮސް ތަހުގީގަށް ސާމްޕަލް ނަގާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.