ފަރެންސްމާތޮޑާގައި 20 މިލިއަން ޑޮލަރުގެ ހޮޓަލެއް، މަސައްކަތް ސިލްވާ ލޭންޑް ހޮޓެލްސްއަށް

ފަރެސްމާތޮޑާ އެއާޕޯޓުގައި އަޅާ މި ހޮޓަލުގައި 100 ކޮޓަރި ހުންނާނެ އެވެ. މަޝްރޫއު ހަވާލުކުރީ ޓޫރިޒަމް ވިޔަފާރި ކުރާ ސިލްވާ ލޭންޑް ހޮޓެލް އަށެވެ.

އާރުއޭސީއެލްގެ އެމްޑީ އަދި ސިލްވަ ލޭންޑްސްގެ އޮޕަރޭޝަން މެނޭޖަރު އެއްބަސްވުން ބަދަލު ކުރަނީ

ފަރެންސްމާތޮޑާގައި ހޮޓަލެއް 100 އެނދުގެ ހޮޓަލެއް އަޅަން، 20 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 308 މިލިއަން ރުފިޔާ) ގެ މަޝްރޫއު ސިލްވަ ލޭންޑް ހޮޓެލްސް އަށް ދީފި އެވެ. 

ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މި މަޝްރޫއު އެ ކުންފުންޏަށް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑިރެކްޓަރު އަހުމަދު މުބީނެވެ. އަދި ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީއެއް އެއް ހިއްސާދާރު އަދި ޕްރޮޖެކްޓް މެނޭޖްމެންޓް ހެޑް އިބްރާހިމް މުހައްމަދެވެ. 

މަޝްރޫއުގެ މައުލޫމާތު ކުރުކޮށް

  •  އެއާޕޯޓް އަޅަނީ ފަރެސްމާތޮޑާ އެއާޕޯޓާ އިންވެގެން އޮންނަ ބިމުގަ
  •  މި ހޮޓަލުގައި 100 ކޮޓަރި ހުންނާނެ
  •  މަޝްރޫއުން އެ ރަށުން 200 މީހުންނަށް ވަޒީފާ
  •  ތިން މަހުގެ ތެރޭގައި ޕްރޮޖެކްޓް ފަށާނެ
  •  މަަޝްރޫއުގެ އަގު 20މިލިއަން ޑޮލަރު

ސިވްލަ ލޭންޑް ހޮޓެލްސް - ސިލްވަ ލޭންޑް ހޮޓެލްސް 2017 ވަނަ އަހަރު އުފެދި މޫދު ކުޅިވަރުގައި ރާއްޖޭގައި އެންމެ މަޝްހޫރު އެއް ނަމެވެ. މި ކުންފުނިން މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ހިންގަ އެވެ. މި ކުންފުނިން ގުރައިދޫ އާއި ދިއްފުށީގައިވެސް ގެސްޓްހައުސް ވިޔަފާރި ކުރަމުން ގެންދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.