ތާރީހު

20 ވަނަ ރައްޔިތުންގެ މަޖިލިސް: މަޖިލީހުގެ 21 ވަނަ ރައީސް

1968 މި ޖުމުހޫރިއްޔާއާއެކު 1969 ގައި ރައްޔިތުންގެ މަޖިލިސްގެ މެންބަރުން އިންތިޚާބު ކުރުމަށް ވޯޓު ފޮށި ބަހައްޓައިގެން ވޯޓުލާން ފެށި 5 އަހަރުން 5 އަހަރަށް ރައްޔިތުންގެ މަޖިލިސް ހިނގަމުންދާތާ މިއީ 55 ވަނަ އަހަރެވެ.

ވިހި ވަނަ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މިއަދު ވަޑައިގަންނަވާ އަބްދުއްރަހީމް

ދިވެހިރާއްޖޭގެ އާބާދުވެ ވެރިކަމެއް ގާއިމުވީއްސުރެ މިރާއްޖޭގައި ވެރިކަން ހިނގަމުންދިޔައީ ދުސްތޫރީ ހަމަތަކާއި
އުސޫލުތަކެއްގެ ތެރެއިންނެވެ. މިކަން ދިވެހި ތާރީޚުން ސާބިތުވެއެވެ. ދިވެހިރާއްޖޭގެ ހާސް އަހަރުވީ ރަސްކަމުގެ ތާރީޚު ހެކި ދެއެވެ.

ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީގެ ދުވަސްވަރު 1932 ގެ ލިޔުމެއްގައިވެއެވެ: "މިރާއްޖޭގައި ރަސްރަސްކަލުން ރަަސްކަން ކުރައްވާފައި ވަނީ އެ ރަސްރަސްކަލުން ހިންގަވާ ބޮޑެތި ކަންތައްތަކުގައި ރައްޔިތުންގެ ރުހުމާއި ގަބޫލު ހޯއްދަވައިގެންނެެވެ." 

ދިވެހިރާއްޖޭގެ ވެރިކަން ލިޔެވިގެންވާ ގާނޫނުއަސާސީއެއްގެ ދަށުން ހިންގަން ފެށުނީ އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއެއް ހިންގަން ފެށުނީ ރައްޔިތުންގެ މަޖިލިސް ވަޒީރުންގެ މަޖިލިސް ވުޒާރާތައް އުފެދުނީ ޑިސެންބަރު 22، 1932 ގައެވެ. މިއަހަރު 92 އަހަރު ފުރޭނެއެވެ.

ޑިސެންބަރު 22، 1932ގައި އުފެދުނު ރާއްޖޭގެ ފުރަތަމަ ޕާލަމަންޓުގައި ދެ ގެ ހިމެނެއެވެ. މަތިގެއަކީ "ގާނޫނު ހަދާ މަޖިލިސް" އެވެ. އަދި ތިރިގެއަކީ "ރައްޔިތުންގެ މަޖިލިސް" އެވެ. ފުރަތަމަ ޖުމުހޫރިއްޔާ 1953 ގައިވެސް ރާއްޖޭގެ ޕާލަމަންޓުގައި ދެ ގެ ހިމެނެއެވެ. މަތިގެއަކީ "ސެނެޓް"އެެވެ. ތިރިގެއަކީ "ރައްޔިތުންގެ ގެ"އެވެ. 

އެއިގެ ފަހުން މިހާތަނަށް މިހާރުގެ ގާނޫނުއަސާސީއާއި ހަމަޔަށް ގާނޫނުއަސާސީ އާއި މެނުވީ ހުރިހާ ގާނޫނެއް ހަދަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ގާނޫނުއަސާސީއެއް އެކުލަވާލަން ނުވަތަ އިސްލާހުކުރަން ވެއްޖެނަމަ އެކަމަށްޓަކައި ޚާއްޞަކޮށް ރައްޔިތުންގެ ޚާއްޞަ މަޖިލީހެއް އެއްކުރަނީއެވެ. އެއީ މުޅި ރައްޔިތުންގެ މަޖިލީސް ހިމެނޭ އަދި އެ އަދަށް އަލުން އިންތިޚާބުކުރާ މެންބަރުންނާއި އައްޔަން ކުރާ މެންބަރުން ވެސް ހިމެނޭ ޚާއްޞަ މަޖިލީހެކެވެ.

1932 ދިވެހި އެންމެ ފުރަތަމަ ޤާނޫނުއަސާސީއާއެކު ޝަމްސުއްދީން މަހާރަދުންގެ ފަރާތްފުޅުން އިއްވެވި އެންމެ ފުރަތަމަ "ޚުޠުބަތުލްޢަރުޝް" ބަޔާން ވެގެންވިއެވެ:

"ކުރިޔަށް މިއަންނާން އޮތް ފަސް އަހަރަކީ، ވަރަށް ވިސްނަައިގެން ކަންތައް ހިންގާންވީ ފަސް އަހަރެވެ. މިހެނީ، ދުނިޔެއަށް އައިސްފައިވާ ދަތިކަމާއި، އޮޅުދޫކަރައިގެ ތަދުކަމުން، މި ދައުލަތަށް ލިބޭ އާމުދަނީއަށް ލިބެމުން ދަނީ އުނި ކަމެވެ.
މި ވެއަތުވެދިޔަ ތިޔާގެ ދުވަަސްތަކެއްގެ ތަނަވަސްކަން ބޮޑުކަމުން މީސްތަކުންނަށް ދަސްވެ ހޭނިފައި ވަނީ ވަރަށް ޚަރަދު ބޮޑު އުޅުމެކެވެ. މިހެންވީއިރު، ހަމަ އެންމެންމެ މިކަން ކަމަށް ވިސްނައި، އުޅުން ސުލްހަކޮށް ޚަރަދު ކުޑަކޮށް، ތަކެތި ލިބޭނޭ ގޮތްތަކާއި މަސައްކަތްތަކަށް ފިކުރު ފޯރުވައި، ދައުލަތް ހިންގާން ތިބިމީހުން ދައުލަތުގެ ޚަރަދު ވެވުނު ވަރަކުން ކުޑަކޮށް، ރައްޔިތުންނަށް ބުރަ ވެދާނޭ ގޮތުން ހިފެވިފަައި ހުންނަ ފުޒޫލުތަކެތި ހިފުން ވެވުނު ވަރަކުން ކުޑަކޮށް، އެމީހުންނަށް (ރައްޔިތުންނަށް) ލުއި ކޮށްދީގެންނެވެ.
ރާއްޖޭގެ ތަޢުލީމާއި، ބޭސް ފަރުވާގެ ކަންކަމާައި، އަތު މަސަައްކަތާއި، ގޮވާން ކުރެވުމާއި، ރުއް އެރުވުމާއި، މަސްވެރިކަމާއި، އޮޑިދޯނި ބަައްތެލިފަހަރާއި މި އެންމެހައި ކަންކަން ވާނީ ރަނގަޅަށް ކުރި އަރުވާށެވެ. މަގޭ ރައްޔިތުންނަށާއި، މި ދައުލަތުގައި ތިބޭ ބޭރު ރައްޔިތުންނަށް ހަމައެއްވެސް ބާވަތަކުން އަނިޔާއެއް ކޮށްގެން ހަމަހިލައި ނުވާނެ އެވެ."

1968 މި ޖުމުހޫރިއްޔާއާއެކު 1969 ގައި ރައްޔިތުންގެ މަޖިލިސްގެ މެންބަރުން އިންތިޚާބު ކުރުމަށް ވޯޓު ފޮށި ބަހައްޓައިގެން ވޯޓުލާން ފެށި 5 އަހަރުން 5 އަހަރަށް ރައްޔިތުންގެ މަޖިލިސް ހިނގަމުންދާތާ މިއީ55 ވަނަ އަހަރެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުނު އަހަރުތައް

  • 1.1969
  • 2.1974
  • 3.1979
  • 4.1984
  • 5.1989
  • 6.1994
  • 7.1999
  • 8.2004
  • 9.2009
  • 10.2014
  • 11.2019
  • 12.2024

ވީމާ 12 ދޮޅޮސް ފަހަރު ރައްޔިތުންގެ މަޖިލިސް އިންތިޚާބު 5 އަހަރުން 5 އަހަރަށް 55 އަހަރުވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސުން

  • އަލްއަމީރު މުޙައްމަދު ފަރީދު ދީދީ 1932 - 1942
  • އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ 1942 - 1944
  • އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު 1944 - 1945
  • އަލްއަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނު 1945 - 1948
  • އައްޝައިޚު މުޙައްމަދު ނަޞީރު މަނިކު 1948 - 1952
  • އައްޝައިޚު މޫސާ ކަލޭފާނު 1952 - 1953
  • ސެނެޓުގެ ރައީސާ؛ އަންނަބީލާ ފާޠިމަތު އިބްރާހީމް ދީދީ 1952 - 1953
  • އައްނަބީލު އިބްރާހީމް ފަރީދު ދީދީ 1954 - 1959
  • އޮނަރަބްލް އަޙުމަދު ޒަކީ 1959 - 1972
  • އޮނަރަބްލް އަޙުމަދު ޝާޠިރު 1972 - 1982
  • އޮނަރަބްލް އިބްރާހީމް ޝިހާބު 1982 - 1988
  • އޮނަރަބްލް ޢަބްދުﷲ ޙަމީދު1988 - 1990
  • އޮނަރަބްލް އަޙުމަދު ޒަކީ 1990 - 1993
  • އޮނަރަބްލް ޢަބްދުﷲ ޙަމީދު 1993 - 2004
  • އޮނަރަބްލް އަޙުމަދު ޒާހިރު 2004 - 2008
  • އޮނަރަބްލް މުޙައްމަދު ޝިހާބު 2008 - 2009
  • އޮނަރަބްލް ޢަބްދުﷲ ޝާހިދު 2009 - 2014
  • އޮނަރަބްލް ޢަބްދުﷲ މަޞީޙު 2014 - 2018
  • އޮނަރަބްލް ޤާސިމް އިބްރާހީމް 2018 - 2019
  • އޮނަރަބްލް ރައީސް މުޙައްމަދު ނަޝީދު 2019 - 2023
  • އޮނަރަބްްލް މުޙައްމަދު އަސްލަމް 2023 - 2024
  • އޮނަރަބަލް އަބްދުއްރަހީމް އަބްދުﷲ 2024
  •  ރައްޔިތުންގެ މަޖިލިސްގެ އަށް ވަނަ ރައީސް ރައްޔިތުންގެ މަޖިލިސްގެ 12 ވަނަ ރައީސް އޮނަރަބްލް އަޙުމަދު ޒަކީ
  •  ރައްޔިތުންގެ މަޖިލިސްގެ 11 ވަނަ ރައީސް ރައްޔިތުންގެ މަޖިލިސްގެ 13 ރައީސް އޮނަރަބްލް އަޙުމަދު ޒަކީ

1932 އިން ފެށިގެން މި ހާތަނަށް ދެމިގެން މި އައިސް މިނިމުނީ 19 ރައްޔިތުންގެ މަޖިލިސް އެވެ. މިފެށެނީ 20 ރައްޔިތުންގެ މަޖިލިސްއެވެ. މި ފަހަރު 20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ރައީސަކީ ރައްޔިތުންގެ މަޖިލިސްގެ 21 ވަނަ ރައީސެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.