ލާމުގައި ގައުމީ ޔުނިވާސިޓީން ޓޫރިޒަމަށް މީހުން ތަމްރީން ކުރާނެ ރިސޯޓެއް

ޓްރޭނިން ރިސޯޓެއް ހަދަން ރާއްޖޭގައި މިހާތަނަށް ކުދި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފަ އެވެ.

ލ. ބަރެސްދޫ އާއި މަހަކަމްފުށި ކޯޒްވޭއަކުން ގުޅާލާފައި -- ވިޒިޓްލާމު

ގައުމީ ޔުނިވާސިޓީން ލާމު އަތޮޅުގައި މީހުން ތަމްރީން ކުރާނެ ރިސޯޓެއް ހަދަން ނިންމައި، ރަށް ކަނޑައަޅާފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. 

ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ ގައުމީ ޔުނިވަރސިޓީގެ އިސްނެގުމާއެކު ލާމުގައި ޓްރެއިނިން ރިސޯޓެއް ހަދަން ރަށް ހަމަޖެހި އެކަމުގެ މަސައްކަތްތައް ފެށިފައިވާ ކަމަށެވެ. މި ރަަށް ތަރައްގީ ވެގެންދާނީ ދިވެހިންގެ އިތުރުން ބޭރުން ދަރިވަރުން އައިސް ތައުލީމް ހާސިލް ކުރެވޭ ފެންވަރުގެ ތަނެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

"ބޭރުން ދަރިވަރުން ކިޔަވަން އަންނަ މަންޒިލެއްގެ ގޮތުގައި ރާއްޖެ ވެގެންދާނެ،" ޝަފީއު ވިދާޅުވި އެވެ. 

ޓްރެއިނިން ރިސޯޓެއް ލާމުގައި ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ފެށިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނިނަމަވެސް ރިސޯޓް ހަދަނީ ކޮން ރަށެއްގައި ކަމެއް ނުބުނެ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓަރު ފައިސަލް ވަނީ ލ. ގައި ހަތް ރިސޯޓް ތަރައްގީ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ލ.އަތޮޅު ބޮޑުފިނޮޅު ސަރުކާރަށް ނަގާފައިވާކަމަށާއި އެރަށް ފަތުރުވެރިކަމަށް ތަރައްގީ ކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ. 

ޓްރޭނިން ރިސޯޓް - ރާއްޖޭގެ ޓޫރިޒަމްގެ 50 އަހަރުގެ ތާރީހުގައި ރަށްތައް ދޫކުރިއިރު އެކި ދުވަސްވަރު ޓްރޭނިން ރިސޯޓު ހަދަން ރަށްތައް ދޫކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް ބޭރުން ދަރިވަރުން އައިސް ރާއްޖޭގައި ޓޫރިޒަމްގެ ދާއިރާއިން މަތީތައުލީމް ހާސިލް ކުރެވޭ ވަރުގެތަނެއް މިހާތަނަށް ހެދިފައެއް ނެތެވެ. އެކަމަކު ރާއްޖޭގެ ގިނަ ބްރޭންޑްތަކަށް ބޭރުގެ ޔުުނިވާސިޓީތަކުން ބޮޑު އަދަދުން ފައިސާ ހަރަދުކޮށްގެން މަސައްކަތުގެ ތަޖުރިބާއަށް ކުދިން ފޮނުވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.