ރައީސް، އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

މިއީ މި ދެ ބޭފުޅުންގެ ފުރަތަމަ ރަސްމީ ބައްދަލު ކުރެއްވުމެވެ. މި ބައްދަލު ކުރެއްވުން އޮތީ އަންޓިގުއާ އެންޑް ބާބޫޑާ ގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ބައްދަލު ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މިއީ މި ދެ ބޭފުޅުންގެ ފުރަތަމަ ރަސްމީ ބައްދަލު ކުރެއްވުމެވެ. މި ބައްދަލު ކުރެއްވުން އޮތީ އަންޓިގުއާ އެންޑް ބާބޫޑާ ގައެވެ.

ދެ ބޭފުޅުން އެ ގައުމަށް ވަޑައިގެން އުޅުއްވަނީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ހަތަރު ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސް މުއިއްޒު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ބައްދަލު ކުރެއްވުން

ދެ ބޭފުޅުންގެ ފުރަތަމަ ރަސްމީ ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ތަރައްގީއަށް ކުރަމުން ގެންދާ މަސައްކަތްތަކާއި ތަރައްގީއަށް ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރެއްވި ކަމަށެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަނެ ތަރައްގީގެ މަސައްކަތްތަކައިގެން ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އެންވަޔާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ފޮރިން ސެކްރެޓަރީ އަލީ ނަސީރު ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.