މާލިއްޔަތު ކޮމެޓީ ގާސިމަށް، 241 ކޮމެޓީގެ މުގައްރިރުކަން ސަލީމް

މާދަމާ ފަށާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް އެކުލަވާލާނެ ގޮތާ ގުޅޭގޮތުން ކޮންގްރެސްގެ މެންބަރުން މަޝްވަރާ ކޮށް ގޮތްތަކެއް ވަނީ ނިންމާފަ އެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް، އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް މުގައްރިރުން ހަމަޖެއްސުމާއި ގުޅޭގޮތުން ސުޕަ މެޖޯރިޓީ އޮތް ކޮންގްރެސް ޕާޓީގެ ޕީޖީ ގުރޫޕްގައި މިއަދު މަޝްވަރާ ކޮށްފި އެވެ.

މާދަމާ ފަށާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް އެކުލަވާލާނެ ގޮތާ ގުޅޭގޮތުން ކޮންގްރެސްގެ މެންބަރުން މަޝްވަރާ ކޮށް ގޮތްތަކެއް ވަނީ ނިންމާފަ އެވެ. 

ކޮންގްރެސްގެ އިސް މެންބަރަކު ވިދާޅުވި ގޮތުގައި 241 ކޮމެޓީގެ މުގައްރިރަކަށް ހަމަޖައްސަން ނިންމެވީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ. ސަލީމަކީ ކުރީން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރެވެ. އަދި އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރޭގައި ހިމެނިވަަޑައިގަންނަވާ ބޭފުޅެކެވެ.

މަޖިލީހުގެ އެންމެ މުހިންމު އެއް ކޮމެޓީ ކަމުގައިވާ މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހަމަޖައްސަން ވެސް ވަނީ ނިންމާފަ އެވެ. އެއީ ރައީސް އެގޮތަށް ހުށައަޅުއްވާތީ ކަމަށް އެ މެންބަރު ވިދާޅުވި އެވެ. އެއީ ގާސިމްގެ އެދިވަޑައިގަތުމަކަށެވެ.

ގާސިމަކީ ވެސް މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރޭގައި ހިމެނިވަަޑައިގަންނަވާ ބޭފުޅެކެވެ. މަޝްހޫރު / ތަޖުރިބާކާރު ވިޔަފާރިވެރި އެކެވެ. މީގެ ކުރީން ވެސް އެ ކޮމެޓީގެ މުގައްރިރުކަން ކުރެއްވި ބޭފުޅެކެވެ. 

މީގެ އިތުރުން އެސްއޯއީ ކޮމެޓީގެ މުގައްރިރަކަށް ހަަމަޖައްސަން ނިންމީ ބާރަށުގެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. އޭނާ އަކީ މި މަޖިލީހަށް އެންމެ ގިނަ ވޯޓާއެކު އިންތިހާބުވެވަޑައިގެންނެވި މެންބަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.