ބޮސްނިއާ ގަރާރަށް ވޯޓް ނުދިނީ އިސްލާމީ ގައުމުތަކުގެ ވިސްނުމާ އެއްގޮތަށް

"އެއްވެސް ގައުމެއްގެ އެތެރޭގައި ހިނގާ މައްސަލަތަކަށް ވަދެ، ބަސް ބުނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތެއް ނޫން. އިސްލާމީ އެހެން ގައުމުތަކުން ވެސް އެގޮތަށް ނިންމީ މަސްލަހަތަށްޓަކައި،" އޮފިޝަލު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު --

މީގެ 29 އަހަރު ކުރިން، 1995 ވަނަ އަހަރު ބޮސްނިއާގެ ސްރޭބްރެނީސާ ގައި ހިންގި ގަތުލުއާންމުގެ ހަނދާން އާކުރާ ދުވަހެއްގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް ޖުލައި 11 ވަނަ ދުވަސް ހަމަޖައްސަން އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖެއިން ވަކި ކޮޅަކަށް ވޯޓު ނުދިނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ގައުމުތަކުގެ ވިސްނުމާ އެއްގޮތަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

ޖަރުމަނުން އިސްނަގައިގެ އދ. އަށް ހުށަހެޅި މި ގަރާރަށް ވަކި ކޮޅަށް ރާއްޖޭން ވޯޓު ނުދިނުމުން ސަރުކާރަށް އެކި ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. ރާއްޖޭން ވަކި ކޮޅަކަށް ވޯޓް ނުދޭން ނިންމީ އިސްލާމީ ގިނަ ގައުމުތައް ހިމެނޭ އޯއައިސީން އެގޮތަށް ނިންމާފައިވާތީ ކަމަށް ސަރުކާރުން ބުނެ އެވެ. 

މި ވޯޓާ ގުޅޭ ގޮތުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެއަކީ ބޭރު ގައުމުތަކުގައި ހިނގާ މައްސަލަތަކަށް ބަސްބުނާ ގައުމެއް ނޫން ކަމަށެވެ. އެއީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ނޫން ކަމަށާއި ރާއްޖޭން އަބަދުވެސް އަމަލު ކުރަނީ ރާއްޖެއަށް ފައިދާވާނެ ގޮތަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭގެ އިތުރުން، އިސްލާމީ ގިނަ ގައުމުތަކުން ވެސް އެ ގަރާރަށް ވޯޓް ދީފައި ނުވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"އެއްވެސް ގައުމެއްގެ އެތެރޭގައި ހިނގާ މައްސަލަތަކަށް ވަދެ، ބަސް ބުނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތެއް ނޫން. އިސްލާމީ އެހެން ގައުމުތަކުން ވެސް އެގޮތަށް ނިންމީ މަސްލަހަތަށްޓަކައި،" އޮފިޝަލު ވިދާޅުވި އެވެ.

މީގެ އިތުރުން، އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދެމުން ގެންދާ މި ދަނޑިވަޅުގައި މި ގަރާރު ހުށަހެޅީ އެކަން އޮއްބާލައި ފޯކަސް ގެއްލުވާލަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި، ރާއްޖެ އަކީ މި ހަމަލާތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އިސް ދައުރެއް އަދާކުރަމުންދާ ގައުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޯއައިސީގެ ގައުމުތަކުން ގަރާރަށް ވޯޓް ނުދިން ނަމަވެސް 84 ގައުމުގެ ވޯޓުން އެ ގަރާރު ވަނީ ފާސްކޮށްފަ އެވެ. ގަރާރު ފާސްކުރުމާ ދެކޮޅަށް 19 ގައުމަކުން ވޯޓް ދީފައިވާއިރު، ރާއްޖެ ހިމެނޭހެން ވަކި ކޮޅަށް ވޯޓު ނުލާ 68 ގައުމެއް ތިއްބެވެ.

އދ. އަށް މި ގަރާރު ހުށަހެޅުމާ އެކު ބޮސްނިއާ އެންޑް ހާޒެގޮވިނާގެ ރިޔާސަތުގައި ހިމެނޭ ސާބިއާއިން ވަނީ މި ގަރާރާ ދެކޮޅަށް ވޯޓުދިނުމަށް އެދި ލޮބީ ކޮށްފަ އެވެ. ސާބިއާއިން ބުނެފައި ވަނީ އެ ގަރާރަކީ ބޮސްނިއާ އެންޑް ހަރްޒެގޮވިނާ އެއްބަސްވެފައިވާ ސުލްހަ ގެއްލޭ ގޮތަށް ސާބިއާ އަށް ހުރިހާ އިލްޒާމެއް އަޅުވައި، އެގައުމުގެ މަސްރަހު އަލުން ގޯސްކުރަން މަގުފަހިވާނެ ގަރާރެއް ކަމަށެވެ.

މި ގަރާރު ފާސްވުމާއެކު، ގަރާރާ އެއްކޮޅަށް ވޯޓް ދިން ގައުމުތަކުގައި ބޮސްނިއާގެ ސްރޭބްރެނީސާގައި ހިންގި ގަތުލުއާންމުގެ ހަނދާން އާކުރާ ދުވަހެއްގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް ޖުލައި 11 ވަނަ ދުވަސް ފާހަގަ ކުރާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.