"އަހަންނަކީ އޭލިއަނެއް އެކަމަކު އެއްވެސް މީހަކު ގަބޫލެއް ނުކުރޭ"

ޓެސްލާ، އެކްސް އަދި ސްޕޭސް އެކްސްގެ ވެރިޔާ މަލްޓި ބިލިއަނަރު އީލޮން ބުނީ އޭނާއަކީ އެކްސްޓްރާ ޓެރެސްޓްރިއަލް މީހެއް ކަން މީހުނަށް ކިޔައިދޭން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.

ބިލިއަނަރު އިލޮން މަސްކް

އީލޮން މަސްކަކީ އޭލިއަންއެއް ކަމަށާއި ނަމަވެސް އެކަން އެއްވެސް މީހަކު ގަބޫލު ނުކުރާ ކަމަށް އޭނާ ބުނެފި އެވެ.

ފްރާންސްގެ ޕެރިހުގައި ބޭއްވި ވިވާޓެކް ކޮންފަރެންސްގައި ޓެކް ކުންފުނިތަކުގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަމުން އީލޮން މަސްކް ބުނީ އޭނާއަކީ އޭލިއަނެއް ކަމަށާއި ނަމަވެސް މީހުން އެކަން ގަބޫލު ނުކުރާ ކަމަށެވެ.


ޓެސްލާ އާއި އެކްސް އަދި ސްޕޭސް އެކްސްގެ ވެރިޔާ މަލްޓި ބިލިއަނަރު އީލޮން މަސްކް ބުނީ އޭނާއަކީ އެކްސްޓްރާ ޓެރެސްޓްރިއަލް މީހެއް ކަން މީހުނަށް ކިޔައިދޭން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އެކަން ގަބޫލު ނުކުރާ ކަމަށެވެ. 

އޭނާ އެހެން ބުނީ އިވެންޓް ހޯސްޓަކު އީލޮން މަސްކަކީ އަކީ އޭލިއަން އެއްތޯ ސުވާލުކޮށްގެނެވެ.

"އަހަންނަކީ އޭލިއަނެއް. އާނ، އަހަރެން މީހުން ކައިރީ ބުނަން އަހަރެންނަކީ އޭލިއަންއެކޭ. އެކަމަކު އެކަކުވެސް އަހަރެން އެހެން ބުނީމަ ގަބޫލެއް ނުކުރޭ،" އުމުރުން 52 އަހަރުގެ އީލޮން މަސްކް ބުންޏެވެ.

ދެކުނު އެފްރިކާގެ ޓްރާންސްވާލްއަށް 1971 ވަނަ އަހަރު އުފަންވި މަސްކް އަކީ އެމެރިކާ އާއި ކެނެޑާގެ ރަށްވެހިކަން ވެސް ލިބިފައިވާ މީހެކެވެ. ވެބްކެމް މެދުވެރިކޮށް ރިމޯޓްކޮށް ވާހަކަ ދައްކަމުން އޭނާ ބުނީ އެލިއަން ދިރިއުޅުމުގެ ހެއްކެއް ފޯރު ކޮށްދެވޭ ގޮތް ވެއްޖެ ނަމަ އެކްސްގައި ހިއްސާ ކުރާނެ ކަމަށެވެ.

އާޓިފިޝަލް އިންޓެލިޖެންސަކީ އިންސާނުންނަށް ނުރައްކަލަކަށް ވެދާނެ ކަމަށް އޭނާ އަބަދުވެސް ބުނެ އެވެ. އޭނާ ބުނީ އޭއައި އާއި ރޮބޮޓުން އިންސާނުން ބޭނުންވާ ހުރިހާ މުދަލާއި ހިދުމަތެއް ފޯރު ކޮށްދޭން ފެށުމުން މުސްތަގުބަލުގައި ވަޒީފާގެ ފުރުސަތުތައް ނުލިބޭ ހާލަތަށްވެސް ގޮސްދާނެ ކަމަށެވެ.

އޭނާ ބުނީ އޭނާގެ ސްޕޭސް އެކްސް ކްރާފްޓުން 6،000 ސެޓެލައިޓް އުދުއްސާލައި ލޯ އާތު އޯބިޓަށް ކުރި އެއްވެސް ދަތުރެއްގައި އިންސާނުން ނޫން އިންޓެލިޖެންސް އިން ހިންގާ އީޓީ ނުވަތަ އެއްވެސް ކްރާފްޓެއްގެ ހެއްކެއް ފެނިފައި ނުވާ ކަމަށެވެ. 

"އޭލިއަނުންގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވޭ،" ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.