ހުރިހާ ހިއްކުމެއް ހުއްޓާލާފަ، އެކަމަކު ވާރެއްދޫ ފަރު ހިއްކަނީ

މި ފަޅު ހިއްކަނީ ތުރުކީ އާއި ދުބާއީ ބައެއް ގުޅިގެންނެވެ. މިތަން ހިއްކަނީ ދުބާއީގެ ޑެމޭ ކުންފުނިންނެވެ. އީޕީއޭ އިން ބުނީ އެތަން ހިއްކަނީ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ.

އީޕީއޭގެ އޮފިޝަލެއް ޑެމޭ ކުންފުނީގެ އުޅަނދެއްގެ ފޮޓޯ ނަގަނީ -- އީޕީއޭ

ގާ ހުދުވުމުގެ މައްސަލާގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ ހުރިހާ މަސައްކަތް ތަކެއް ހުއްޓާލަން އެނގިނަމަވެސް "ހާއްސަ ހުދައެއް ހޯދައިގެން" ކ. ވާވެއްދި ފަޅު ނުވަތަ ވާވެއްދި ފަރު ހިނގަމުންދާ ކަން އެނގިއްޖެ އެވެ.

"މިރާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލޭންޑް އޮފް ލެޖެންޑްގެ ނަމުގައި ޓޫރިޒަމް މަޝްރޫއެއް ހިންގަން ހިއްކާ ކ. ވާވެއްދިފަޅު ހިއްކުމުގެ މަސައްކަތް އީޕީއޭ އިން ހިއްކުން ހުއްޓާލަން އެނގިނަމަވެސް ހުއްޓައެއް ނުލަ އެވެ. މިއަދު ވެސް ހިއްކުމުގެ މަސައްކަތް ދަނީ ކުރި އަށެވެ. އެނގިފައިވާ ގޮތުގައި މި ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދުބާއީގެ ޑެމޭ ކުންފުނިންނެވެ. 

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ މި ފަޅު ހިއްކަމުން ގެންދަނީ "ހާއްސަ ހުއްދަ" އެއްގެ ދަށުން ކަމަށާ، އެހެން ފަރާތްތަކަށްވެސް އެ ގޮތަށް ހުއްދަ ދީފައިވާނެ ކަމަށެވެ.

"ހުއްދަ ދިނީ މަސައްކަތް ކޮށްފައިވާ ހިސާބަށް ބަލާފަ ހުއްޓާލާފައި އޮވެއްޖެނަމަ ތިމާވެށީގެ ގޮތުން ވެސް ގެއްލުންތަކެއް ވެދާނެތީ،" ނައީމް ވިދާޅުވި އެވެ. 

ވާރެއްދޫ ފަޅު މަޝްރޫއު -  މި ފަޅަކީ ލޭންޑް އޮފް ލެޖެންޑުގެ ނަމުގައި ރިސޯޓެއް ހަދަނީ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މިދިޔަ އަހަރު ވިއްކާލީ ފަޅެކެވެ. މި ފަޅު ތަރައްގީ ކުރަނީ ދުބާއީ ބަޔަކާއި ތުރުކީގެ ޕާޓްނަރެއް ގުޅިގެންނެވެ. 

އީޕީއޭ އިން ވަނީ މި މަހުގެ 9 އިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް، ހިއްކުމުގެ މަޝްރޫއުތައް ހުއްޓާލަން އަންގާފަ އެވެ. 

އީޕީއޭއިން އަޅަން އެންގި ފިޔަވަޅުތައް

  •  ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ބިން ހިއްކުމާއި ފަޅު ފުންކުރުން ވަގުތީ ގޮތުން ހުއްޓާލުން
  •  ބިން ހިއްކުމާއި ފަޅު ކޮނުމާއި ގޮނޑުދޮށަށް ވެލި އެޅުމާއި ޕަމްޕް ބޭނުން ކޮށްގެން ވެލި ނެގުމާއި ފަރުމަތީގައި ހޮޅި އަދި ކޭބަލް އެޅުމުގެ އިތުރުން ބަންޑުވޯލް ޖެހުން
  •  މެޝިން ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން މަޑު ޖައްސާލުން
  •  ހިނގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތައް ކުރުމަށް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ފަހުން އެ މަސައްކަތްތަކުގެ ތާވަލް މުރާޖާ ކުރުން
ގާ ހުދުވުން - ރާއްޖޭގެ ފަރުތައް ހުދުވުމުގެ މައްސަލަ އެންމެ ބޮޑަށް ފާހަގަވީ 1998 ގަ އެވެ. އޭގެފަހުން އެންމެ ބޮޑަށް ގާ ހުދުވެފައި ވަނީ 2016 ވަނަ އަހަރު އެވބެ. އެ ފަހަރު ރާއްޖޭގެ 73 ޕަސެންޓް މުރަކަ ހުދުވިކަމަށް ދިރާސާތަކުން ދައްކަ އެވެ.

ކޮމެންޓް

1
450
މޫސަ
3 months ago

ޖީބު ފުޅަކަށްލާންވީ ޑޮލަރު ކޮޅެއް. ހިއްކާކަށްނޫން ފުންކުރަންވެސް ހުއްދަލިބެޔޯ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.