ގޭހުގެ ސްޓޯރޭޖް ފުޅާ ކުރަން މޯލްޑިވްސް ގޭހުން އެލައިޑާއެކު އެއްބަސްވެއްޖެ

މޯލްޑިވް ގޭހަކީ އެންމެ ގިނަ ބަޔަކު ކައްކާ ގޭހުގެ ހިދުމަތް ހޯދަމުން އަންނަ ސަރުކާރުގެ ކުންފުންޏެކެވެ.

އެލައިޑާއި މޯލްޑިވް ގޭސްއިން މަޝްރޫއެއް ހިންގަން އެއްބަސްވެފައިވޭ

ތިލަފުށީގައި އެލްޕީޖީ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރަން އެލައިޑް އިންޝުއަރެންސް ކުންފުންޏާއެކު އެކްސްޓާނަލް ފައިނޭންސިން އެއްބަސްވުމެއްގައި މޯލްޑިވްސް ގޭސް އިން ސޮއި ކޮށްފި އެވެ.

މޯލްޑިވް ގޭސްގެ މައި ޓާމިނަލް ހިނގަނީ ތިލަފުށީގަ އެވެ.

މޯލްޑިވްސް ގޭހުނ ބުނީ އެ ކުންފުނީގެ މި މަޝްރޫޢުތައް ނިމޭއިރު، މިހާރު ހުރި ސްޓޯރޭޖް، ވގާތްގަނޑަކަށް ފަސް މަސް ދުވަހަަށް ބޭނުންވާ ގޭސް ރައްކާކުރުމުގެ ނިޒާމަކަށް ތަރައްގީ ކުރެވިގެން ދާނެ ކަމަށެވެ. މިހާރުގެ ސްޓޯރޭޖްގައި ރައްކޭ ކުރެވެނީ 35 ދުވަހުގެ ގޭހެވެ.

މޯލްޑިވް ގޭހަކީ އެންމެ ގިނަ ބަޔަކު ކައްކާ ގޭހުގެ ހިދުމަތް ހޯދަމުން އަންނަ ސަރުކާރުގެ ކުންފުންޏެކެވެ. 

އެ ކުންފުނިން ވިއްކާ މުދަލުގެ ތެރޭގައި ހީލިއަމް ގޭހައި، އޭސީ ގޭސް އަދި ރެސްޓޯރެންޓު / ކެފޭ ފަދަ ތަންތަނަށް ބޭނުންވާ ބޮޑެތި ކައްކާ ގޭސް ސިލިންޑަރުން ފެށިގެން، ކުދި ފަސް ކިލޯގެ ގޭސްފުޅި ވެސް ހިމެނެ އެވެ. މާލެ ސަރަހައްދަށް ދެމުން އަންނަ ހިދުމަތުގެ އިތުރުން، އަތޮޅު ތެރޭގެ ވިޔަފާރިތަކާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ކައްކާ ގޭސް ފޯރުކޮށްދިނުމުގެ ހިދުމަތް މޯލްޑިވް ގޭހުން ފޯރު ކޮށްދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.