ފެސިލިޓީއަށް ފުރަތަމަ ގެންދާނީ ސަލްމާން މިސްކިތް ކައިރީ އުޅޭ 120 އެއްހާ ބުޅޭ

"އެ ބުޅާތައް އެތަނަށް ގެންގޮސްފަ އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް ބުޅާތަކުގެ ސިއްހީ ކަންތައްތައް ކުރިއަށް ގެންގޮސް، ނިއުޓާ ކުރުމުގެ ކަންތައްތައް ކުރިއަށް ގެންގޮސް ނިމުނީމަ ދެން ދެވަނަ ބެޗަކަށް އަޅުގަނޑުމެން މަސައްކަތް ފަށާނީ،"

މާލޭގައި އުޅޭ ބުޅާތައް ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައި --

މާލޭ މަގުމައްޗަށް ގިނަ ވެފައިވާ ބުޅާތައް ބެލެހެއްޓުމަށް އަޅާ ޕެޓް ކެއާ ފެސިލިޓީގެ މަސައްކަތް ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށާއި މަސައްކަތް ނިމުމުން އެންމެ ފުރަތަމަ ގެންދާނީ ސަލްމާން މިސްކިތް ކައިރީ އުޅޭ ބުޅާތައް ކަމަށް އެގްރިކަލްޗާ، ފުޑް ސެކިއުރިޓީ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވީ ޕެޓް ޝެލްޓާއަށް ބުޅާތައް ގެންދިއުމުގެ ވަރަށް ރަގަޅު ޕްލޭނެއް މިހާރު ހަދާފައިވާ ކަމަށެވެ. މި ޕްލޭން ހަދާފައި ވަނީ އެނިމަލް ލަވާސް ކޮމިއުނިޓީ އަދި މާލެ ސިޓީ ކައުންސިލާ ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ރަމީލާ ވިދާޅުވީ ބުޅާތައް ގެންދާނީ އެކި ބެޗުތަކަށް ބަހާލައިގެން ކަމަށެވެ. މާލޭ ސަރަހައްދުގައި އެންމެ ގިނައިން ބުޅާ އުޅޭ ތަންތަން ފާހަގަކޮށްފައިވާ ކަމަށާއި ފުރަތަމަ ބެޗުގައި ގެންދާނީ ސަލްމާން މިސްކިތް ކައިރީ އުޅޭ 120 ވަރަކަށް ބުޅާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ބުޅާތައް އެތަނަށް ގެންގޮސްފަ އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް ބުޅާތަކުގެ ސިއްހީ ކަންތައްތައް ކުރިއަށް ގެންގޮސް، ނިއުޓާ ކުރުމުގެ ކަންތައްތައް ކުރިއަށް ގެންގޮސް ނިމުނީމަ ދެން ދެވަނަ ބެޗަކަށް އަޅުގަނޑުމެން މަސައްކަތް ފަށާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޕެޓް ކެއާ ޝެލްޓާ އިއްޔެ މިނިސްޓްރީއާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެތަނުގައި މިހާރު ކުރިއަށް ދަނީ ޕާޓިޝަން ޖަހައި، ކޮމްޕާޓްމެންޓްތައް ހެދުމުގެ މަސައްކަތް ކަމަށެވެ. މަގުމަތިން ގެންނަ ބުޅާ ތަކެއް ކަމުން، ބަލި ޖެހިފައި ހުންނަ ބުޅާ ގެންގުޅޭނީ ވަކިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވީ ޕެޓް ލަވާސް ކޮމިއުނިޓީގެ ފަރާތުން ބުޅާ ގެންގުޅޭނެ ކުދިކުދި ގެތަކެއް ލިބިފައިވާކަމަށާއި އެގެތައް ފެސިލިޓީއަށް ލުުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ފެސިލިޓީ އަޅާ ތަނަކީ ހަނަފަސް ތަނެއް ކަމުން އެ ސަރަހައްދުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހުރިހާ ކަމެއް ނިމި، ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި ފުރަތަމަ ބެޗު ފެސިލިޓީއަށް ގެންދެވޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މި ފެސިލިޓީ އަޅަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ އެވެ. އެތަން އަޅަނީ 5،000 އަކަފޫޓުގެ ބިމެއްގަ އެވެ. މި ފެސިލިޓީ ގާއިމް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.