ތިލަފުށީ ބިމެއްގައި ހުރި ތަކެތި ނަގަން އަންގައިފި

އަދި 15 ދުވަސްތެރޭގައި އުޅަނދުތަކާއި ތަކެތި ނުނަގައިފިނަމަ، އެއީ ގަވާއިދާ ހިލާފަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި ތަކެތި ކަމަށް ބަލައި، އެތަކެއްޗާމެދު އެ ކޯޕަރޭޝަނަށް ފެންނަ ގޮތަކަށް އަމަލު ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކ. ތިލަފުށި: އުޅަނދުތައް ނަގަން އަންގާފައިވާ ބިން ރަތް ރޮނގުން ފާހަގަކޮށްފައި --

ކ. ތިލަފުށީގެ ބިން ނަންބަރު އެފް16 ގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އެހެނިހެން ތަކެތި ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްސީޑީ) އިން އެދިއްޖެ އެވެ.

އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ބިމަކީ މީހަކަށް ކުއްޔަށް ދީފައިވާ ބިމެއް ކަމަށެވެ. އެ ބިން އެފަރާތާ ހަވާލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށާފައިވާ ކަމަށެވެ.

އެ ބިމުގައި ހަތް ލޯންޗާއި ބާޖަކާއި ޑެމޭޖް ހަލަކާއި އެސްކަވޭޓަރެއް އަޅާފައި އެބަ އޮތެވެ. އޭގެ އިތުރުން ޑަމްޕު ޓްރަކަކާއި ދެ ކާރާއި ކޮންޓެއިނަރުތަކެއް ވެސް އެބަހުއްޓެވެ. އެޗްޑީސީން ވަނީ އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރުތައް ވެސް އިއުލާނުގައި ހިމަނާފަ އެވެ.

ތަކެތީގެ ވެރިފަރާތުން އެ ކުންފުނީގެ ކޯލްސެންޓަރުގެ ހޮޓްލައިން، 1516 އަށް ގުޅާ މައުލޫމާތު ސާފު ކުރުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ. އަދި 15 ދުވަސްތެރޭގައި އުޅަނދުތަކާއި ތަކެތި ނުނަގައިފިނަމަ، އެއީ ގަވާއިދާ ހިލާފަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި ތަކެތި ކަމަށް ބަލައި، އެތަކެއްޗާމެދު އެ ކޯޕަރޭޝަނަށް ފެންނަ ގޮތަކަށް އަމަލު ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.