ވިނޭއަށް އެއާޕޯޓުން މަރުހަބާ ދެންނެވީވެސް ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެވެ. އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ އިތުރުން އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުންނާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންވެސް އެއާޕޯޓަށް ވަޑައިގެން ވިނޭއަށް މަރުހަބާ ވިދާޅުވިއެވެ.
އިންޑިއާގެ އާ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންފި އެވެ.
ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކުވާތުރާ ރަސްމީ ދަތުރުފުޅެއް ރާއްޖެއަށް ވަޑައިގެންނެވީ ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފްގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ވިނޭ މޯހަން ކުވާތުރާ އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގައި ހޭދަ ކުރައްވާނެ އެވެ.
ވިނޭއަށް އެއާޕޯޓުން މަރުހަބާ ދެންނެވީވެސް ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެވެ. އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ އިތުރުން އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުންނާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންވެސް އެއާޕޯޓަށް ވަޑައިގެން ވިނޭއަށް މަރުހަބާ ވިދާޅުވިއެވެ.
ވިނޭ މޯހަން ކުވާތުރާގެ ތިން ދުވަހުގެ ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީން ބައްދަލު ކުރެއްވުމާއެކު ދެ ސަރުކާރުގެ މެދުގައި އޮތް ބަދަހި ގުޅުމާއި އެއްބާރުލުމާ ބެހޭގޮތުން މަޝްވަރާކޮށް ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއި ކުރިއެރުންތައް ވާހަކަ ދައްކަވާނެ އެވެ. އަދި އިންޑިއާގެ އެހީއާއެކު ރާއްޖޭގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކާ ބެހޭގޮތުން ފޮރިން ސެކްރެޓަރީ މައުލުމާތާއި އަޕްޑޭޓްތައް ހޯއްދަވާނެ އެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިއްމާއީލާ ބައްދަލު ކުރައްވާނެ އެވެ.
މިއީ 2022 ވަނަ އަހަރުގެ މެއި މަހު އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކުވާތުރާ، ދިވެހި ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.