ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ފްރާސުގެ ސަފީރު އަވަހާރަ ވެއްޖެ

ޕަކްތެތު އަވަހާރަވީ ލަންކާ ގައި ހުންނަވަނިކޮށެވެ. އޭނާ އަކީ ރާއްޖެއާ ލަންކާއަށް ފްރާންސް އިން ކަނޑައަޅުއްވާފައިވާ ސަފީރެވެ.

ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ފްރާސުގެ ސަފީރު، މިނިސްޓަރު މޫސާ ޒަމީރާ ބައްދަލު ކުރައްވަނީ

ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ފްރާސުގެ ސަފީރު ޖޯން ފްރަންސުއާ ޕަކްތެތު މިއަދު ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެ އެވެ.

ޕަކްތެތު އަވަހާރަވީ ލަންކާ ގައި ހުންނަވަނިކޮށެވެ. އޭނާ އަކީ ރާއްޖެއާ ލަންކާއަށް ފްރާންސް އިން ކަނޑައަޅުއްވާފައިވާ ސަފީރެވެ.

ސަފީރު އަވަހާރަވެފައި ވަނީ އޭނާ ދިރިއުޅުއްވާ ގެކޮޅުގަ އެވެ. ގެކޮޅުން ނިކުމެވަޑައިނުގަންނަވާތީ ބެއްލެވިއިރު އަވަހާރަވެފައިވާ ކަމަށް ލަންކާގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ އެ ގައުމުގެ ފުލުހުން ބުންޏެވެ. ލަންކާ ސަރުކާރުން މިހާރު ވަނީ އެކަމުގެ ތަހުގީގެއް ވެސް ފައްޓަވާފަ އެވެ.

ސަފީރު އަވަހާރަވެވަޑައިގަތުމާ ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ހިތާމަފާޅު ކުރައްވާފަ އެވެ. ސަފީރަށް ތައުރީފު ކުރައްވާ ވިދާޅުވީ އެއީ ރާއްޖެއާ ވަރަށް ހާއްސަ އެކުވެރި ގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމަށެވެ. އެ ހަނދާން އަބަދުމެ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.