މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާދެނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގައިގާފައި ވަނީ ދަރުބާރުގޭ ޓްރެފިކް ލައިޓު ކައިރިން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހި ކަމަށެވެ. އެކްސިޑެންޓު ރިޕޯޓުކުރީ ހެނދުނު 6:54 ގައި ކަމަށް ފުލުހުން ބުނެ އެވެ.
މި އެކްސިޑެންޓުގައި އެއްސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެނަކަށް އަނިޔާވި ކަމަށާއި، އޭނާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.