ޓީޗަރުން އޭއައިއަށް އަހުލުވެރިކޮށް، ދަރިވަރުންނަށް ފަންނީ ޕްރޮގްރާމްތައް ފަށަނީ

މިނިސްޓަރު ވަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގެނުމާއި އުނގަންނައި ދިނުމާއި އަދި ދަރިވަރުންނަށް ފަންނީ ކަންކަން ދަސްކޮށްދިނުމުގެ ފުރަތަމަ މަރުހަލާ މި ދިރާސީ އަހަރު ފެށިގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު --

މިއަދު ފެށި ދިރާސީ އާ އަހަރުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކޮށްގެން އުނގެނުމާއި އުނގަންނައި ދިނުން ހަރުދަނާ ކުރުމަށް ހާއްސަ އިސް ކަމެއް ދެއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅު ވެއްޖެ އެވެ.

ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި މިއަދު މިނިސްޓަރު ދެއްވި ހތޯބުގައި ވިދާޅުވީ ތައުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެންވަރު ރަނގަޅު ޓީޗަރުން ނުލިބުން ކަމަށެވެ. 

މި މައްސަލަ ހައްލު ކުރުމަށް މިހާރު ވެސް މުދައްރިސުން ސްކޫލުގައި ހޭދަ ކުރަން ޖެހޭ ވަގުތު މަދު ކޮށްފައި ވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ފެންވަރު ރަނގަޅު މުދައްރިސުންތަކެއް ބިނާ ކުުރުމަށް ގައުމީ ފެންވަރުގައި މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މިއަހަރު ފަށާނެ ކަމަށެވެ.

އަދި، ޓެކްނޮލޮޖީގެ ބޮޑު ބަދަލަކަށް ދުނިޔޭ މިސްރާބު ޖަހާފައި ވާއިރު، ތަރައްގީގެ މައިދާނުގައި ރާއްޖޭގެ މުސްތަގުބަލުގެ ޖީލު ބައްޓަން ކުރަން ވާނީ ޓެކްނޮލޮޖީއަށް އަހުލުވެރި އަދި ކުރިއެރުމަށާއި އިސްލާމީ ރީތި އަހުލާގަށް ލޯބި ކުރާ ކުދިންތަކެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުނގެނުމާއި އުނގަންނައި ދިނުމާއި އަދި ދަރިވަރުންނަށް ފަންނީ ކަންކަން ދަސް ކޮށްދިނުމުގެ ފުރަތަމަ މަރުހަލާ މި ދިރާސީ އަހަރު ފެށިގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ. 

  •  އޭއައިއަށް މުދައްރިސުންނާއި ދަރިވަރުން އަހުލުވެރި ކުރުވުން
  •  އޭލެވެލް ދަރިވަރުންނަށް ތަފާތު ދާއިރާތަކުން ތަމްރީނުތައް ފެށުން

"އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުން ކޮށްގެން އުނގެނުމާއި އުނގަންނައި ދިނުން ހަރުދަނާ ކުރުމަށް، މުދައްރިސުން އަހުލުވެރި ކުރުވުމާއި ޝާމިލް ކޮށްގެން އުނގަންނައި ދިނުމުމުގައި އެސިސްޓިވް ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުނގަންނައި ދިނުމަށް މުދައްރިސުން އަހުލުވެރި ކުރުވުމަށް ހާއްސަ އިސްކަމެއް މި ދިރާސީ އަހަރު ތެރޭގައި ދެވިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ހިތޯބުގައި ދެން ފާހަގަ ކުރެއްވީ ގްރޭޑް 10 ނިންމުމަށް ފަހު އޭލެވެލްއަށް ވަންނަ ދަރިވަރުން މަދު ކަމެވެ. ވިދާޅުވީ ދަރިވަރުންނަށް އިލްމު އުނގަންނައި ދިނުމުގައި ތަފާތު ރޮނގުތަކުން އުނގަންނައި ދިނުމަކީ ގައުމުގެ ތަރައްގީއަށް ބޭނުންތެރި ކަމެއް ކަމަށެވެ. އެގޮތުން އިލްމީ، ކުޅިވަރު އަދި މަސައްކަތްތެރިކަމުގެ ރޮންގުން ވިޔަސް ތަމްރީނުތައް ދިނުން މުހިންމު ކަމަށް ވިދާޅުވި އެވެ.

"އެ މަގަށް ކަންތައް ތަރުތީބު ކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އޭލެވެލް މަރުހަލާގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް، އެ ދަރިވަރުންނަށް ފަންނީ ތަފާތު ދާއިރާތަކުން މަސައްކަތްތެރިކަމާއި ތައުލީމާއި ތަމްރީނު ލިބޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގާ ޕްރޮގްރާމްތަކެއް ކައިރި މުސަތަގުބަލެއްގައި ފެށުމުގެ މަސައްކަތް މިދަނީ ކުރެވެމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ހުރިހާ ދަރިވަރުންނަށް ވެސް ކާމިޔާބު ދިރާސީ އަހަރަކަށް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.