މުޖުތަމައަށް މުހިންމު ދަރިވަރުންތަކެއް ބިނާ ކުރަން ގޮވާލައްވައިފި

"އެހެންކަމުން ކޮންމެ ދަރިވަރަކީވެސް މުޖުތަމައަށް މުހިންމު ދަރިވަރެއްގެ ގޮތުގައި ބިނާ ކުރުމަށް މުދައްރިސުންނާއި ބެލެނިވެރިންގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އިލްތިމާސް ކުރަން،" ނައިބް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް: މުޖުތަމައުއަށް މުހިންމު ދަރިވަރުންތަކެއް ބިނާ ކުރުމަށް ވަނީ ގޮވާލައްވާފައި

ކޮންމެ ދަރިވަރަކީ ވެސް މުޖުތަމައުއަށް މުހިންމު ދަރިވަރުންތަކެއްގެ ގޮތުގައި ބިނާ ކުރުމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.

މިއަދު ފެށުނު ދިރާސީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވުމަށް ނައިބް ރައީސް ވަނީ ހާއްސަ މެސެޖެއް ހިއްސާ ކުރައްވާފަ އެވެ. މި މެސެޖުގައި އެމަނިކުފާނު ވަނީ އާ އަމާޒަކާއެކު އިތުރު ކުރިއެރުން ހާސިލް ކުރުމަށް ދަރިވަރުންނަށް ހިތްވަރު ދެއްވާފަ އެވެ.

ނައިބް ރައީސް ވިދާޅުވީ ސްކޫލާއި، ދިރިއުޅޭ ވެއްޓަކީ ދަރިވަރުންގެ ތައުލީމާއި ތަރުބިއްޔަތާއި ގުޅިފައިވާ މުހިންމު ދެ މާހައުލު ކަމަށެވެ. އެހެންކަމުން ކޮންމެ ދަރިވަރަކީ ވެސް މުޖުތަމައުއަށް މުހިންމު ދަރިވަރެއްގެ ގޮތުގައި ބިނާ ކުރުމަށް ވަނީ މުދައްރިސުންނާއި ބެލެނިވެރިންނަށް ގޮވާލައްވާފަ އެވެ.

"އެހެންކަމުން ކޮންމެ ދަރިވަރަކީވެސް މުޖުތަމައަށް މުހިންމު ދަރިވަރެއްގެ ގޮތުގައި ބިނާ ކުރުމަށް މުދައްރިސުންނާއި ބެލެނިވެރިންގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އިލްތިމާސް ކުރަން،" ނައިބް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

މި ދިރާސީ އާ އަހަރަކީ ހުރިހާ ގޮތަކުން ވެސް ފަހި އަހަރެއް ކަމުގައި ލެއްވުމަށް އެދި އެމަނިކުފާނު ވަނީ ދުއާ ކުރައްވާފަ އެވެ.

އާ ދިރާސީ އަހަރު މިއަދު ފަށާފައި ވަނީ 96،000 އަށްވުރެ ގިނަ ދަރިވަރުންނާ އެކު އެވެ. މުޅި ރާއްޖޭގައި 217 ސްކޫލުގައި މިއަދު ވަނީ ކިޔެވުން ފަށާފަ އެވެ،

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.