މިކަން ހިނގާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މަންމައަކާ ކުޑަކުދިންތަކެއް ހަވާލުކުރުމަށް ކޮށްފައިވާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށެވެ.
ކޯޓު އަމުރެއް ތަންފީޒު ކުރަން މަސައްކަތް ކުރި ފުލުހުންތަކަކާ އާންމުންގެ ބަޔަކާ ދެމެދު ކުރިމަތިލުމެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބައްޕައެއްގެ ކައިރީގައި ތިބި ކުޑަ ދެ ކުއްޖަކު އެ ކުދިންގެ މަންމައަކާ ހަވާލު ކުރަން ނެރުނު ކޯޓު އަމުރެއް ތަންފީޒު ކުރަން އުތުރުގެ ރަށެއްގައިު ހަރަކާތްތެރި ވަމުން ދަނިކޮށް އާންމުންގެ ބަޔަކު ގޮސް ކުރިމަތިލާފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.
މިކަން ހިނގާފައި ވަނީ ހއ. ހދ. އަދި ށ. ހިމެނޭ ރަށެއްގައި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި ހަމަނުޖެހުމުގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ގިނަ އަދަދެއްގެ އެސްއޯ ފުލުހުންތަކެއް، އާންމުންގެ ދެތިން މީހަކު ގަދަބާރުން ދުރަށް ޖައްސާ މަންޒަރެވެ. އޭރު ފުލުހުން މެދުވެރިކޮށް މަންމައާ ހަވާލު ކުރުމަށް ގެންދިޔަ ދެކުދިންގެ ވަށާލައި ފުލުހުން ތިއްބެވެ.
މި ކުރިމަތިލުމާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. މިފަދަ ހާލަތްތަކުގައި ފުލުހުންނަށް ހުރަސްއަޅާ މީހުން މީގެ ކުރިން ހައްޔަރުކޮށްފައި އެބަހުއްޓެވެ.