ޑިޒްނީގެ ލަވަތައް ލިޔުނު ރިޗަޑް އެމް ޝެރްމަން މަރުވެއްޖެ

ޑިޒްނީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝެރްމަން މަރުވީ ލޮސް އެންޖެލިސްގެ ސީޑާސް-ސިނާއީ މެޑިކަލް ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

"މެރީ ޕޮޕިންސް" އާއި "ޗިޓީ ޗިޓީ ބޭންގް ބޭންގް" ފަދަ ޑިޒްނީ ފިލްމު ކްލެސިކްތަކަށް ލަވަ ލިޔުނު ކޮމްޕޯޒަރު ރިޗަޑް އެމް ޝެރްމަން (ފޮޓޮގައި) އުމުރުން 95 އަހަރުގައި ބެވަލީ ހިލްސްގައި މަރުވެއްޖެ އެވެ.

ޝަރްމަން އޭނާގެ ކޮއްކޮ ރޮބަޓާއެކު ޕާޓްނާޝިޕް ހަދައިގެން ކުރި މަސައްކަތުން މެރީ ޕޮޕިންސް އަށް 1965 ވަނަ އަހަރު އެ ދެ ތަރިން ވަނީ ދެ އޮސްކާ އެވޯޑް ވެސް ހޯދާފަ އެވެ. ދެ ބެއިންގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި 'ޖަންގަލް ބުކްސް ޓްރަސްޓް އިން މީ" އާއި "ޗިޓީ ޗިޓީ ބޭންގް ބޭންގް" ގެ "ޓްރޫލީ ސްކްރިމްޕްޓިސް" ހިމެނެ އެވެ.

އޭނާ މަރުވުމުން ޑިޒްނީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝެރްމަން މަރުވީ ލޮސް އެންޖެލިސްގެ ސީޑާސް - ސިނާއީ މެޑިކަލް ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

ޝެރްމަން ބްރަދާސްއަކީ 2005 ވަނަ އަހަރު ސޯންގްރައިޓާސް ހޯލް އޮފް ފޭމްގައި ހިމެނުމަށް ފަހު 2008 ވަނަ އަހަރު އެމެރިކާގެ ނެޝަނަލް މެޑަލް އޮފް ދި އާޓްސް ހާސިލުކުރި ދެ ބޭފުޅުންނެވެ. ޑިޒްނީގެ އެހެން ޕްރޮޑަކްޝަންތަކުގެ ތެރޭގައި އެރިސްޓޯކެޓްސް، ބެޑްނޯބްސް އަދި ބްރޫމްސްޓިކްސް އަދި ވިނީ ދަ ޕޫހް ޝޯޓްސް ހިމެނެ އެވެ.

މެރީ ޕޮޕިންސް ފަހަތުގައިވާ ވާހަކަ ތަކުގެ މައްޗަށް ބިނާކޮށް 2013 ވަނަ އަހަރު ރިލީޒްކުރި "ސޭވިންގް މިސްޓަ ބޭންކްސް" ގައި އެ ދެ ބެއިންގެ ރޯލު ކުޅެފައިވެ އެވެ. ކޮއްކޮ މަރުވިތާ އެއް އަހަރު ފަހުން 2012 ވަނަ އަހަރުގެ މާޗް މަހު ރިލީޒްކުރި މި ފިލްމުގައި ހިޓް ލަވަތައް ކޮމްޕޯޒްކޮށް ކޯ ލިޔުނު ދެ ބެއިންގެ ރޯލުން ފެނިގެން ދިޔައީ ޖޭސަން ޝްވާޓްޒްމަން އާއި ބީޖޭ ނޮވަކް އެވެ.

ޑިޒްނީއިން ބުނި ގޮތުގައި އޭނާގެ 65 އަހަރުގެ ކެރިއަރުގައި ޝަރްމަން ވަނީ ވޯލްޓް ޑިޒްނީގެ "ކްރިއޭޓިވް ޓެލެންޓްސްގެ އެތެރޭގެ ސާކަލް" ގައި ހިމެނިފަ އެވެ. ޑިޒްނީގެ ބަޔާނުގައި ބުނީ 12 ޖޫން 1928 ގައި ނިއުޔޯކް ސިޓީއަށް އުފަންވި ޝަރްމަން ތިން ގްރެމީ އެވޯޑް ހާސިލްކޮށް 24 ރަން އަދި ޕްލެޓިނަމް އަލްބަމް ހާސިލުކޮށްފައިވާ ކަމަށެވެ. އާޓްސް އިންންޑަސްޓްރީއަށް އޭނާ ކޮށްދިން ހިދުމަތުގެ ސަބަބުން ހޮލީވުޑް ވޯކް އޮފް ފޭމް ތަރި ވެސް އޭނާއަށް ލިބުނެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޝެރްމަން ބްރަދާސް ޑިޒްނީގައި 150 އަށް ވުރެ ގިނަ ލަވަ ލިޔުނު އިރު، އޭގެ ތެރޭގައި 1961 ވަނަ އަހަރު ޒުވާން ލިންޑްސޭ ލޯހާން ލީޑް ރޯލް ކުޅުނު އާ ދިރުމެއް ގެނެސްދިން 1961 ގެ ފިލްމު "ޕޭރެންޓް ޓްރެޕް" ގެ ސްކޯ ވެސް ހިމެނެ އެވެ.

ޝަރުމަން އަކީ ދޮށީ އުމުރުގައިވެސް މިއުޒިކަލް ސްކޯތައް އުފެއްދުމުގައި ހަރަކާތްތެރި ދައުރެއް އަދާކުރަމުން ދިޔަ މީހެކެވެ. އޭނާ ވަނީ 2023 ވަނަ އަހަރު ޑިޒްނީ ލެޖެންޑް އަންދްރިއަސް ޑެޖާގެ އެނިމޭޓެޑް ކުރު ފިލްމު "މުޝްކާ" އަށް ކޮމްޕޯޒާ ފެބްރިޒިއޯ މަންސިނެލީއާ އެކު އާ ލަވައެއް ލިޔެފަ އެވެ.

ޝެރްމަން މަރުވިއިރު އަންހެނުން އެލިޒަބަތު ޝެރްމަން އާއި އޭނާގެ ދަރިންނާއި ކާފަދަރިން އެބަތިއްބެވެ. އޭނާގެ ޖަނާޒާ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު ކެލިފޯނިއާގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.