ދިރާސީ އަހަރު ފަށަނީ 96،000 ދަރިވަރުންނާ އެކު

އެ މިނިސްޓްރީން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ އާ އަހަރުގެ ކިޔެވުން ފަށަނީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނާ އެކު ކަމަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފަށަނީ 96،000 ދަރިވަރުންނާ އެކު

ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފަށަނީ 96،000 ދަރިވަރުންނާ އެކު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ އާ އަހަރުގެ ކިޔެވުން ފަށަނީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނާ އެކު ކަމަށެވެ. މީގެ ތެރެއިން ސަރުކާރުގެ ސުކޫލުތަކުގައި 83،000 ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރާނެ އެވެ. އެއީ 217 ސުކޫލު ގަ އެވެ.

މި ދަރިވަރުންގެ ތެރެއިން 17،000 ވުރެ ގިނަ ދަރިވަރުންނަކީ މާލެ ސަރަހައްދު -- މާލެއާ ވިލިމާލެ އަދި ހުޅުމާލޭގެ ސުކޫލުތަކު ގައި ކިޔަވާނެ ދަރިވަރުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އާ އަހަރަށް އަތޮޅުތަކުގެ ސުކޫލުތަކުން މާލެ ސަރަހައްދުގެ ސުކޫލުތަކަށް ބަދަލުވެފައި ވަނީ 1126 ދަރިވަރުންނެވެ. މާލެ ސަރަހައްދުގެ ސުކޫލުތަކުގެ ގުރޭޑް އެކަކަށް 2،250 ދަރިވަރުން ހުށައެޅި އެވެ. އެހެން ގުރޭޑްތަކަށް 2081 ދަރިވަރަކު ވަނީ ވައްދާފަ އެވެ.

ތައުލީމީ އާ އަހަރު ފަށަނީ 12،662 މުދައްރިސުންނާ އެކު އެވެ. އެއީ ސަރުކާރު ސުކޫޫލުތަކުގައި މަސައްކަތް ކުރާ މުދައްރިސުންގެ އަދަދެކެވެ. މީގެ ތެރެއިން 10،729 މުދައްރިސުންނަކީ ދިވެހި މުދައްރިސުންނެވެ. 1،933 މުދައްރިސުންނަކީ ބިދޭސީ މުދައްރިސުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.