ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާ މަސް ދުވަހަށް، ފިލުވަން އެހީވި މީހާ 12 ދުވަހަށް ބަންދު

އުމުރުން 27 އަހަރުގެެ އެ މީހާ، ޖިންސީ ގޯނާ ކޮށްފައި ވަނީ 13 އަހަރުގެ އަންހެން ކުއްޖަކަށެވެ. އެ މައްސަލަ ފުލުހަށް ހުށައެޅީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ބޭއްވި އިހުތިޖާޖެއް --

އުުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

އުމުރުން 27 އަހަރުގެެ އެ މީހާ، ޖިންސީ ގޯނާ ކޮށްފައި ވަނީ 13 އަހަރުގެ އަންހެން ކުއްޖަކަށެވެ. އެ މައްސަލަ ފުލުހަށް ހުށައެޅީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ހޯދަން ފެށުމުން ވަނީ ފިލާފަ އެވެ. ފުލުހުން ވަނީ އޭނާ ހޯދާ ހައްޔަރު ކޮށްފަ އެވެ. ފުލުހުން ދެންމެ ބުނީ އެ މީހާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން މަސް ދުވަހު -- 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އަދި އެ މީހާ ފިލުވަން އެހީވި ކަމުގައި ތުހުމަތު ވެސް 29 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ. އެ މީހާގެ ބަންދަށް ކޯޓުން ދިނީ 12 ދުވަހެވެ.

އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރީ މަސްތުވާ ބާވަތެއް އެ ކުއްޖާއަށް ދިނުމަށް ފަހު ކަމަށް ވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.