ހުޅުމާލޭގައި ފަޔާ ހައިޑްރެންޓް ނިޒާމް ގާއިމު ކުރަން އާންމު ހިޔާލު ހޯދަނީ

ފަޔާ ހައިޑްރެންޓަކީ އަލިފާން ނިއްވުމައް ބޭނުންކުރާ އާލާތްތަކަށް ހައި ޕްރެޝަރުގައި ފެން ފޯރު ކޮށް ދިނުމަށް ބޭނުން ކުރާ އެކްސެސް ޕޮއިންޓު ތަކެކެވެ.

އަލިފާން ނިއްވުމުގެ ހަރަކާތެއްގައިސިފައިން: ހުޅުމާލޭގައު ފަޔާ ހައިޑްރަންޓް ގާއިމު ކުރުމުގެ މަޝްރޫއެއް ހިންގާނެ -- މިރާ

ހުޅުމާލޭގައި ފަޔާ ހައިޑްރެންޓް ނިޒާމް ގާއިމު ކުރުމުގެ މަޝްރޫއާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ސާވޭއް ކުރަން ފަށައިފި އެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ މި ސާވޭއަށް ހާއްސަަ ސުވާލުތަކަކީ ހުޅުމާލޭގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާން އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތު ކުރިއަށް ގެންދާނެ "ފަޔާ ހައިޑްރެންޓް ނިޒާމު" ގާއިމު ކުރުމުގެ މަޝްރޫއު އާ ބެހޭ ގޮތުން ހުޅުމާލޭގެ ފޭސް އެކެއްގައި އުޅޭ މީހުންގެ ހިޔާލު ހޯދަން ތައްޔާރު ކުރެވިފައިވާ ސުވާލުތަކެއް ކަމަށެވެ.

ފަޔާ ހައިޑްރެންޓަކީ އަލިފާން ނިއްވުމައް ބޭނުންކުރާ އާލާތްތަކަށް ހައި ޕްރެޝަރުގައި ފެން ފޯރު ކޮށް ދިނުމަށް ބޭނުން ކުރާ އެކްސެސް ޕޮއިންޓު ތަކެކެވެ. އެ ޕޮއިންޓުތައް ވަކި ނިޒާމެއްގެ ދަށުން ގާއިމުކޮށް ރަނގަޅަށް ބެލެހެއްޓުމަކީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކަން ހޯދަން މުހިންމު ކަމެކެވެ

މި ސާވޭގައި ހިމެނެނީ އެ މަޝްރޫއުގެ ސަބަބުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓުގައި ހިމެނުމުގެ ގޮތުން ކުރަން ސުވާލު ތަކެކެވެ. އޭގެ ބޭނުމަކީ ހުޅުމާލޭގައި މަސައްކަތް ކުރާ އަދި ދިރިއުޅޭ ފަރާތްތަކަށް މަޝްރޫއު މުހިންމުވާ މިންވަރު ދެނެގަނެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެދޭގޮތް ސާފު ކުރުމެވެ/ 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.