ތިން ރަށެއްގައި ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަ ކުރަނީ

"އަޅުގަނޑުމެން މިހާރު މި ގަސްތު ކުރަނީ ރާއްޖޭގެ އުތުރުން، އަދި މެދުން އަދި ދެކުނުން ކޮންމެ ހިސާބަކުން އެއް ރަށުގައި ގައުމީ ފެންވަރުގައި އަލްހާ އީދު ފާހަގަކުރަން." އާތިކާ ވިދާޅުވި އެވެ.

އީދު ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ "ރާނީ ހިނގުން" މި އަހަރު ވެސް އޮތް

މިއަހަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފި އެވެ.  

ހެރިޓޭޖް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އާތިކާ އިބްރާހިމް ވިދާޅުވީ، ގައުމީ ފެންވަރުގައި އީދު ފާހަގަކުރަން އެއް ރަށް ކަނޑައެޅުމަށްޓަކާ ޝައުގުވެރިވާ ރަށްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ރަށްތަކަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. 

"އަޅުގަނޑުމެން މިހާރު މި ގަސްތު ކުރަނީ ރާއްޖޭގެ އުތުރުން، އަދި މެދުން އަދި ދެކުނުން ކޮންމެ ހިސާބަކުން އެއް ރަށުގައި ގައުމީ ފެންވަރުގައި އަލްހާ އީދު ފާހަގަކުރަން." އާތިކާ ވިދާޅުވި އެވެ. 

އާތިކާ ވިދާޅުވީ ގައުމީ ފެންވަރުގައި އީދު ފާހަގަކުރާނެ ރަށްތައް މިހާރު ކަނޑައެޅިފައިވާކަމަށެވެ. އެ ރަށްތައް މާދަމާގެ ވަގުތެއްގައި ހާމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން ރަށްރަށުގައި ކޮންމެ އަހަރަކު ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެ އެވެ. މީގެ ކުރީގެ ސަރުކާރުތަކުން ވެސް ގައުމީ ފެންވަރުގައި އީދު ފާހަގަކުރާނެ ރަށް ކަނޑައަޅައި، އެރަށެއްގައި ކުލަގަދަކޮށް އީދު ފާހަގަކުރެ އެވެ. 

މިއީ އެއް ރަށަށްވުރެ ގިނަ ރަށުގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ފުރަތަމަ ފަހަރެވެ. 

މިދިޔަ ފިތުރު އީދު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން ކޮންމެ އަތޮޅެއްގެ ވެރިރަށުގައި އަދި، ކޮންމެ ސިޓީއެއްގައި ކުލަ ގަދަކޮށް އީދު ފާހަގަކުރުމުގެ ގޮތުން ގިޑިގެ ޖެހައި ކުލަބޮކިން ޒީނަތްތެރިކުރި އެވެ. 

ކަލަންޑަރުން ދައްކާ ގޮތުގައި މިއަހަރުގެ ބޮޑު އީދަކީ އަންނަ މަހުގެ 17 ވަނަ ދުވަހެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.