އަރަބި ބަހުގެ ޝަރަފުވެރި ބަހުސް މުބާރާތަށް އައިޔޫއެމްގެ ޓީމެއް ފުރައިފި

އައިޔޫއެމްގައި ހިންގާ އަރަބި ބަހުގެ ކޯސްތަކަށް ބޮޑު ތަރުހީބެއް އޮވެ އެވެ. ކޯސްތަކުގެ ފެންވަރު ދެމެހެއްޓުމަށް ބޮޑު އިސްކަމެއް ދޭއިރު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ދަރިވަރުން ބައިވެރިކުރަނީ ދަރިވަރުންގެ އިލްމާއި ހުނަރު މަތިކުރާށެވެ.

މުބާރާތުގައި ބައިވެރިވާ ދަރިވަރުން: މުބާރާތް އޮންނަނީ ދޯހާގައި

އަރަބި ބަހުން ބާއްވާ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ބަހުސް މުބާރާތް ކަމަށްވާ "ދަ އިންޓަނޭޝަނަލް ޔުނިވާސިޓީސް ޑިބޭޓިން ކޮމްޕެޓިޝަން" ގައި ބައިވެރި ވާން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ޓީމް ގަތަރަށް ފުރައިފި އެވެ.

ގަތަރުގެ ވެރިރަށް ދޯހާގެ ގަތަރު ނެޝަނަލް ކޮންވެންޝަން ސެންޓަރުގައި މިއަދުން ފެށިގެން 29 އަށް ބާއްވާ މި މުބާރާތަކީ ދުނިޔޭގެ އެކި ޔުނިވާސިޓީތަކުގެ ދަރިވަރުން މައުލޫތަކަށް އަރަބި ބަހުން ބަހުސް ކުރަން ބާއްވާ ބައިނަލްއަގުވާމީ ބޮޑު މުބާރާތެކެވެ. 

މި އަހަރުގެ މި މުބާރާތުގައި ދުނިޔޭގެ 50 ގައުމަކުން 100 ޓީމް ހިމެނޭހެން 600 އަށްވުރެ ގިނަ ބައިވެރިން ވާދަ ކުރެއެވެ.

މި މުބާރާތުގައި އައިޔޫއެމުން ބައިވެރިވާ ޓީމްގައި ހިމެނެނީ އެ ޔުނިވާސިޓީގެ ބެޗްލާ އޮފް ޓީޗިން އަރަބިކް ލެންގުއޭޖް ކޯހުގައި ކިވަމުންދާ ދިވެހި ދެ ދަރިވަރުންކަމަށްވާ ސާރާ ބިންތް އާމިރު އިބްން އަލީ އާއި އައިޝަތު އީނާޝް އިބްރާހީމާއި އެ ކޯހުގައި ކިޔަވަމުންދާ އަލްޖީރިއާގެ ދަރިވަރެއް ކަމުގައިވާ ބެންބޫޒިއަން ނަރްދްޖިސް އެވެ. 

ދަރިވަރުންނާއެކު ކޯޗެއްގެ ގޮތުގައި ވަޑައިގެންނެވީ އައިޔޫއެމްގެ ކުއްލިއްޔާ އޮފް އަރަބިކް ލެންގުއޭޖް ގެ ޑީން އައްޝައިހް ފައްޔާޒް އަލީ މަނިކެވެ.

މި ދަރިވަރުންނާ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރާއި ޑެޕިއުޓީ ވައިސް ޗާންސެލާ އަހްމަދު އަމީން މުހައްމަދު ބައްދަލު ކުރައްވާ ޔުނިވާސިޓީއަށާއި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައި ދިނުމަށް ގަދައަޅާ މަސައްކަތް ކުރުމަށާއި އަގުހުރި ފުރުސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ވައިސް ޗާންސެލާ އަލީ ޒާހިރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އައިޔޫއެމްގައި ހިންގާ އަރަބި ބަހުގެ ކޯސްތަކަށް ބޮޑު ތަރުހީބެއް އޮވެ އެވެ. ކޯސްތަކުގެ ފެންވަރު ދެމެހެއްޓުމަށް ބޮޑު އިސްކަމެއް ދޭއިރު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ދަރިވަރުން ބައިވެރިކުރަނީ ދަރިވަރުންގެ އިލްމާއި ހުނަރު މަތިކުރާށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.