ދައުލަތުގެ ހަރަދުން ދެ ބިލިއަން ކުޑަކޮށް، އާމްދަނީއަށް ބައި ބިލިއަން އިތުރު

މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުހުރީ 16 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 18 ބިލިއަނުގަ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

މި އަހަރުގެ މިހާތަނަށް ދައުލަތް ހިންގަން ކުރި ހަރަދުން ދެ ބިލިއަން ކުޑަކޮށް، މިހާ ތަނަށް އާމްދަނީއަށް ބައި ބިލިއަން އިތުރު ވެފައިވާ ކަމަށް ދައްކައިިފި އެވެ. 

ފިނޭންސުގެ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 16 އިގެ ނިޔަލަށް ދައުލަތް ހިންގަން ޖުމްލަ 16 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުތައް ހުރީ 18.2 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ މިއީ ދެ ބިލިއަން ރުފިޔާ ހަރަދު ކުޑަ ކުރުމެވެ. މީގެ އިތުރުން މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 13.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައްކަ އެވެ. ނަމަވެސް މިދިޔަ އަހަރު އާމްދަނީއަށް ލިބުނީ 12.6 ބިލިއަން ރުފިޔާ އެވެ. އެހެންވެ އާމްދަނީއަށް އިތުރުވެފައި ވަނީ ބައި ބިލިއަން ރުފިޔާ ކަމަށް ދައްކަ އެވެ. 

ސަރުކާރުން ހަރަދު ކުރަމުންދާ ގޮތް

  • މި އަހަރު ޖުމްލަ ހަރަދު - 16 ބިލިއަން | މިދިޔަ އަހަރު 18.2 ބިލިއަން
  • މި އަހަރު ޖުމްލަ ރިކަރަންޓް ހަރަދު 11.8 ބިލިއަން | 11.5 ބިލިއަން
  • މި އަހަރު މުސާރަ ދޭން - 4.4 ބިލިއަން ރުފިޔާ | މިދިޔަ އަހަރު 3.9 ބިލިއަން
  • މިއަހަރު އިދާރީ ހަރަދުތައް - 7.3 ބިލިއަން | މިދިޔަ އަހަރު 7.5 ބިލިއަން
  • މި އަހަރު ބަދަލު - 113.3 މިލިއަން | 100 މިލިއަން
  • މި އަހަރުގެ ޖުމްލަ ކެޕިޓަލް ހަރަދު - 3.1 ބިލިއަން | މިދިޔަ އަހަރު 5.6 ބިލިއަން
  • މި އަހަރު ޕީއެސްއައިޕީ - ދެ ބިލިއަން | މިދިޔަ އަހަރު 4.4 ބިލިއަން

މި އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި 13,1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ ހަރަދު ހުރީ 12,6 ބިލިއަން ރުފިޔާގަ އެވެ. 

ހިލޭ އެހީ ލިބުނު އަދަދު އިތުރު

  • މި އަހަރު ޓެކުހުގެ އާމްދަނީ - 10,8 ބިލިއަން | މިދިޔަ އަހަރު 9.6 ބިލިއަން
  • މިދިޔަ އަހަރު ޓެކުހުގެ އާމްދަނީ - 9,6 ބިލިއަން | 9.6 ބިލިއަން
  • މި އަހަރު ޓެކްސް ނޫން - 2.1 ބިލިއަން | މިދިޔަ އަހަރު 2.9 ބިލިއަން
  • މި އަހަރު ހިލޭ އެހީ - 91.4 މިލިއަން | މިދިޔަ އަހަރު 57.1 މިލިއަން

މިހާތަނަށް އާމްދަނީގެ ބައިން ޓެކުހުގެ އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެފަ އެވެ. އަދި ހިލޭ އެހީ ވެސް އިތުރުވެފައިވާ ކަމަށް ދައްކަ އެވެ. 

މި އަހަރުގެ މިހާތަނަށް ބަޖެޓުގެ ޖުމްލަ ދަރަނި ވަނީ 4,5 ބިލިއަން ރުފިޔާއިން ދެ ބިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ. އަދި ލޯނު ދައްކަން މިހާތަނަށް 963.2 މިލިއަން ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރު ހަރަދު ކުރީ 959.1 މިލިއަން ރުފިޔާ އެވެ. 

ބަޖެޓް 2024 - މި އަހަރަށް ފާސް ކުރި ބަޖެޓުގެ ޖުމްލަ ހަރަދަކީ 49.8 ބިލިއަން ރުފިޔާ އެވެ. ޖުމްލަ ހިލޭ އެހީ އާއި އާމްދަނީއަކީ 33.5 ބިލިއަން ރުފިޔާ އެވެ. އަދި ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 13.8 ބިލިއަން ރުފިޔާގަ އެވެ. ދަރަންޏަށް ނަގަން ޖެހޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 17.2 ބިލިއަން ރުފިޔާ އެވެ. ބޭރުގެ ފަރާތްތަކުން ބަޖެޓް ސަޕޯޓަށް ހޯދަން ޖެހޭނެ މިންވަރަކީ 6.9 ބިލިއަން ރުފިޔާ އެވެ. މި އަހަރު ގްރީން ނުވަތަ ބްލޫ ބޮންޑެއް ބޭރަށް ވިއްކައިގެން 771 މިލިއަން ރުފިޔާ ހޯދަން ބަޖެޓު ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.