ރިތިކާއި ސައިފަށް ކަރީނާގެ ތައުރީފު އޮއްސާލައިފި

"ވިކްރަމް ވެދާ" އަކީ ޕުޝްކާރް-ގަޔަޓްރީ ލިޔެ ޑައިރެކްޓް ކޮށްފައިވާ އެކްޝަން ތްރިލާއެކެވެ. ފިލްމް ޕްރޮޑިއުސްކޮށްފައި ވަނީ ބުޝަން ކުމާރާއި އެސް. ޝަސީކާންތާއި ރެލަޔަން އެންޓަޓޭންމެންޓުންނެވެ.

ކަރީނާ ކަޕޫރު: "ވިކްރަމް ވެދާ" ގެ ތަރިންނާއި ވާހަކައަށް ތައުރީފު ކުރި

ކަރީނާ ކަޕޫރް ހާން ބުނާ ގޮތުގައި އޭނާގެ ފިރިމީހާ ސައިފް އަލީ ހާނާއި ރިތިކް ރޯޝަން ގެ "ވިކްރަމް ވެދާ" އަކީ އައުޓްސްޓޭންޑިން ފިލްމެކެވެ. "ވިކްރަމް ވެދާ" އަކީ ސައިފް އަލީ ހާން އާއި ރިތިކް ރޯޝަން ލީޑް ރޯލުން ފެނިގެންދާ ފިލްމެކެވެ، "ވިކްރަމް ވެދާ" އިއްޔެ ސިނަމާ ތަކަށް ރިލީޒް ކުރިއިރު، އެ ފިލްމުން ވަނީ ތަރުހީބުގެ ފުދޭ ވަރަކަށް ބޮޑު ހަލަބޮލިކަމެއް އުފައްދާފަ އެވެ.

ފިލްމު ރިލީޒް ކުރުމުގެ ކުރިން 26 ސެޕްޓެމްބަރުގައި ފިލްމުގެ ހާއްސަ ސްކްރީނިންއެއް ބޭއްވި އެވެ. އެ ސްކްރީނިންގައި ކަރީނާ ބައިވެރިފައި ވެއެވެ އެ ސްކްރީނިން އަށް ފަހު ކަރީނާ ވަނީ "ވިކްރަމް ވެދާ" ގެ ރިވިއުއެއް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށް ފިލްމްގެ އެކްޓަރުންނާއި ޑައިރެކްޓަރުންނާއި ފިލްމުގެ ވާހަކައަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.

ކަރީނާ ބުނީ އެ ފިލްމުގެ ހުރިހާ ކަމެއް ވެސް އަޖައިބު ކުރުވާހާ މޮޅު ކަމަށާއި ވާހަކަ ކިޔައި ދިނުމުން ފެށިގެން ރިތިކާއި ސައިފްގެ ޕާފޯމަންސްތަކާ ހަމައަށް ވަރަށް މޮޅު ކަމަށެވެ. އޭނާ އަދި ބުނީ ކޮމާޝަލް ބްލޮކްބަސްޓާސް އާއި އެކްޝަން ފިލްމުތައް ބަލަން އޭނާ ވަރަށް ލޯބިކުރާ ކަމަށާއި "ވިކްރަމް ވެދާ" އަކީ އެފަދަ ފިލްމެއް ކަމަށެވެ.

"ވާހަކަ ދެއްކުމާއި ޕާފޯމަންސްތައް، ހަމަ ފިލްމުގެ ހުރިހާ ކަމެއް ވެސް އަހަންނަށް ވަރަށް ފުރިހަމަ. އަހަރެން ވަރަށް ލޯބި ކުރަން މި ކޮމާޝަލް، ބްލޮކްބަސްޓާ ކަހަލަ ފިލްމުތައް ބަލަން. އަހަރެންނަށް ހީވަނީ ސައިފް އާއި ރިތިކަކީ ފިލްމުގައި ފާހަގަކޮށްލެވޭ ބައެއްހެން. މި ފިލްމް އެންމެން ވެސް ބަލަން ވާނެ، އަދި އަހަންނަށް ޔަގީން އެންމެން ވެސް ބަލާނެ ކަން" ކަރީނާ ބުންޏެވެ.

"ވިކްރަމް ވެދާ" އަކީ ޕުޝްކާރް-ގަޔަޓްރީ ލިޔެ ޑައިރެކްޓް ކޮށްފައިވާ އެކްޝަން ތްރިލާއެކެވެ. ފިލްމް ޕްރޮޑިއުސްކޮށްފައި ވަނީ ބުޝަން ކުމާރާއި އެސް. ޝަސީކާންތާއި ރެލަޔަން އެންޓަޓޭންމެންޓުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.