އައިޝްވަރިޔާ މަންމަގެ އުފަންދުވަސް ފާހަގަކުރީ އާރާދިޔާއާއެކު

މި ހަފުތާގެ ކުރީކޮޅު ކާންސްއިން އެނބުރި އައިސް މުމްބާއީގައި ވޯޓުލުމަށް ފަހު އައިޝްވާރިޔާ ވަނީ އޭނާގެ ޒަހަމްވެފައިވާ އަތުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

އައިޝްވާރިޔާއި އޭނާގެ މަންމަ އަދި އާރާދިޔާ: އެކުގައި. ވަނީ އުފަން ދުވަސް ފާހަގަކޮށްފައި

އައިޝްވަރިޔާ ރާއީ، އޭނާގެ މަންމަ ބްރިންދާގެ އުފަންދުވަސް އާރާދިޔާއާއެކު ފާހަގަ ކޮށްފިއެވެ. ދާދި ފަހުން އަންހެން ދަރިފުޅު އާރާދިޔާ ބައްޗަންއާއެކު ކާންސްއަށް ދިޔަ އައިޝްވާރިޔާ ރާއީ ބައްޗަން ވަނީ އޭނާގެ މަންމަ ބްރިންދާ ރާއީގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. 

އިންސްޓަގްރާމްގައި ޝެއާ ކޮށްފައިވާ ފޮޓޯތަކުގައި އައިޝްވާރިޔާ އާއި އާރާދިޔާ، ބްރިންދާގެ އުފަންދުވަސް ފާހަގަކުރާ ތަން ފެނެ އެވެ. އައިޝްވާރިޔާގެ ބައްޕަ ކްރިޝްނާރާޖްގެ ފޮޓޯއާއެކު މި ތިން މީހުން ފޮޓޯއަކަށް ހުއްޓިލައިގެން ތިބި ރީތި ފޮޓޯތަކަށް ސަޕޯޓަރުން ދަނީ ކޮމެންޓް ކުރަމުންނެވެ.

ސަޕޯޓަރުން އައިޝްވަރިޔާގެ އަތަށް ލިބިފައިވާ އަނިޔާއާ ބެހޭ ގޮތުން ސުވާލު ކޮށްފައި ވެއެވެ. މި ފޮޓޯތަކުގައި އައިޝްވާރިޔާ، އޭނާގެ މަންމަ ބްރިންދާ އާއި އާރާދިޔާ އަދި އާއިލާގެ އެހެން މެމްބަރުންނާއެކު ފެންނައިރު އަދިވެސް އޭނާގެ އަތުގެ އަނިޔާއަށް ފަހު އަޅާފައިވާ ކާސްޓް ހުރި ތަން ފެނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ހަފުތާގެ ކުރީކޮޅު ކާންސް އިން އެނބުރި އައިސް މުމްބާއީގައި ވޯޓުލުމަށް ފަހު އައިޝްވާރިޔާ ވަނީ އޭނާގެ ޒަހަމްވެފައިވާ އަތުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ.

އައިޝްވާރިޔާގެ ފޮޓޯތަކަށް އައިޝްވާރިޔާގެ ފޭނުން އޭނާގެ އަތުގެ ޒަހަމްތަކާ މެދު ކަންބޮޑުވުން ފާޅު ކުރަމުން ދިޔައިރު އަނެއް ބަޔަކު ވަނީ އަބީޝެކް ބައްޗަން ކޮބައިތޯ ސުވާލުކޮށްފަ އެވެ.

އައިޝްވާރިޔާ ވަނީ 77 ވަނަ ކާންސް ފިލްމް ފެސްޓިވަލްގައި ބައިނަލްއަގުވާމީ ކޮސްމެޓިކް ބްރޭންޑެއް ޕްރޮމޯޓްކޮށް ބައިވެރިވެފަ އެވެ. އޭނާއަކީ ކާންސްގެ ރެގިއުލާއެކެވެ. ކުރީން 2002 ވަނަ އަހަރު ޝާހްރުކް ޚާނާ އެކު ސަންޖޭ ލީލާ ބަންސާލީގެ "ދޭވްދާސް" ޕްރިމިއާ ކުރުމަށް ކާންސް އަށް ނުކުތް ފަހުން އޭނާ އަންނަނީ ފިލްމު ފެސްޓިވަލްގައި ބައިވެރިވަމުންނެވެ. 

ފާއިތުވި އަހަރުތަކުގައި، 2013 ވަނަ އަހަރުން ފެށިގެން އާރާދިޔާ ވެސް އޭނާގެ މަންމައާއެކު ފެސްޓިވަލްގައި ބައިވެރި ވެއެވެ. ފިލްމުތަކާބެހޭ ގޮތުން ވާހަކަ ދައްކާއިރު އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ މަނީ ރަތުނަމްގެ ޕޮންނިޔިން ސެލްވަން 1 އަދި 2 އިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.