ތިނަދޫ ދެކުނު މެންބަރު އަލްސަން ކޮންގްރެސްއާ ގުޅިއްޖެ

އަލްސަން، މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ އަމިއްލަ ގޮތުންނެވެ. އެއީ މި ފަހަރު މަޖިލީހަށް އިންތިހާބުވެވަަޑައިގެންނެވި އެންމެ ޒުވާން މެންބަރެވެ.

ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އަލްސަން އަހްމަދު، ކޮޮންގްރެސްއާ ގުޅިވަޑައިގަތުން

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އަލްސަން އަހްމަދު މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.

އަލްސަން، މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ އަމިއްލަ ގޮތުންނެވެ. އެއީ މި ފަހަރު މަޖިލީހަށް އިންތިހާބުވެވަަޑައިގެންނެވި އެންމެ ޒުވާން މެންބަރެވެ.

އަލްސަން ވަނީ ކޮންގްރެސްއާ ގުޅިވަޑައިގެން މެންބާޝިޕް ފޯމް ކޮންގްރެސްގެ ރައީސް / ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ހަވާލުކުރައްވާފަ އެވެ.

ތިނަދޫ ދެކުނު ދާއިރާއަށް ކޮންގްރެސްގެ ކެންޑިޑޭޓަކު ވެސް ވާދަކުރި އެވެ. ދެން ވާދަކުރީ އިިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓެކެވެ.

ކޮންގްރެސްގެ ކެންޑިޑޭޓްގެ މައްޗަށް އަލްސަން ކުރި ހޯއްދީ 71 ވޯޓުގެ ތަފާތުންނެވެ. އަލްސަން އަަަަށް 870 ވޯޓް ލިބުނުއިރު ކޮންގްރެސްގެ އަބްދުﷲ ޝަރީފަަށް ލިބުނީ 799 ވޯޓެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ޒިފްލީން ހަސަން އަށް ލިބުނީ 519 ވޯޓެވެ.

ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އަލްސަން އަހްމަދު، ކޮޮންގްރެސްއާ ގުޅިވަޑައިގަތުން

މަޖިލީހަށް އަމިއްލަ ގޮތުން އިންތިހާބު ވެވަޑައިގެން އިތުރު ހަތް މެންބަރަކު ވެސް މިހާރު ވަނީ ކޮންގްރެސްއާ ގުޅިވަޑައިގެންފަ އެވެ.

ކޮންގްރެސް އިން މަޖިލީސް އިންތިހާބަށް 89 ކެންޑިޑޭޓުން ނެރުނެވެ. 66 ކެންޑިޑޭޓުން ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ. ކޮންގްރެސްއާ ގުޅިވަޑައިގެން ގިނަ މެންބަރުން ނަކީ ރައީސް މުއިއްޒުގެ ތާއީދާ އެކު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނެވެ.

ވިހިވަނަ މަޖިލީސް ފަށާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. މަޖިލީހު ގައި ކޮންގްރެސްގެ 75 މެންބަރުން ތިބޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.