ގެބުނު ފަތުރުވެރިއަކު ސަލާމަތްކުރަން އުޅުނު ދިވެއްސަކު މަރުވެއްޖެ

ފުލުހުން ބުނީ ދަނގެތީ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް އެމީހާ އޮތީ ނިޔާވެފައި ކަމަށެވެ.

އދ. ސެންޓާރާ ރިސޯޓް؛ ސަލާމަތްކުރަން އުޅެނިކޮށް ނިޔާވި ޒުވާނާ

ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން ސަލާމަތްކުރަން މަސައްކަތް ކުރި ދިވެހި މުވައްޒަފަކު މަރުވެއްޖެ އެވެ. 

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އދ. ސެންޓަރާ ރިސޯޓުގައި ފަތުރުވެރިއަކު ގެނބިގެން އުޅެނިކޮށް ސަލާމަތްކުރުމަށް މަސައްކަތް ކުރި ދިވެހި މުވައްޒަފަކު ގެނބި، ހާލު ދެރަވެގެން ދަނގެތީ ހެލްތު ސެންޓަރަށް ގެންދިޔަ އިރު އެމީހާ އޮތީ މަރުވެފައި ކަމަށެވެ. 

މި ހާދިސާގައި ނިޔާވީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

ފުލުހުން ބުނީ ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މިކަމުގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާކަަމަށް ވެސް ފުލުހުން ބުނެ އެވެ. 

މި ދުވަސްވަރު ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް މޫސުން ގޯސްކަމުން، މޫދަށް ނޭރުމަށާއި ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ވެސް ނުދިއުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.