ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެންސަށް ރައީސް ވަޑައިގަންނަވަނީ

މި ކޮންފަރެންސްގައި ރާއްޖެ އަކީ ކޯޗެއާ އެވެ. ރާއްޖޭގެ ފަރާތުން ރައީސް މުއިއްޒު ހަތް ސްޓޭޓްމެންޓެއް މި ކޮންފަރެންސްގައި ދެއްވާނެ އެވެ. އޭގެ އިތުރުން ރާއްޖޭގެ ފަރާތުން ތިން ސައިޑް އިވެންޓެއް ވެސް ބާއްވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވައި ހަތް ސްޓޭޓްމެންޓެއް ދެއްވާނެ

ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ހަތަރު ވަނަ އިންޓަނޭޝަނަލް ކޮންފަރެންސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ކުދި ޖަޒީރާތަކުގެ މި ކޮންފަރެންސްފައި އ.ދ. ގެ 37 މެމްބަރު ގައުމު ބައިވެރިވާނެ އެވެ. ކޮންފަރެންސް އޮންނާނީ އެންޓިގުއާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި މިމަހުގެ 27 އިން 30 އަށެވެ. މިއީ ކޮންމެ 10 އަހަރަކުން އެއްފަހަރު ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ އަރިހުގައި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް، ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި ކްލައިމެޓް ޗޭންޖް އެންވޯއީ އަލީ ޝަރީފް އަދި އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާއި ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ޑެލިގޭޝަން މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ،

މި ކޮންފަރެންސްގައި ރާއްޖެ އަކީ ކޯޗެއާ އެވެ. ރާއްޖޭގެ ފަރާތުން ރައީސް މުއިއްޒު ހަތް ސްޓޭޓްމެންޓެއް މި ކޮންފަރެންސްގައި ދެއްވާނެ އެވެ. އޭގެ އިތުރުން ރާއްޖޭގެ ފަރާތުން ތިން ސައިޑް އިވެންޓެއް ވެސް ބާއްވާނެ އެވެ.

މި ކޮންފަރެންސާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު ވިދާޅުވީ މިއަހަރުގެ ކޮންފަރެންސްގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވާނީ ކްލައިމެޓް ފައިނޭންސް ފަސޭހަ ގޮތެއްގައި ކުދި ޖަޒީރާ ގައުމުތަކަށް ލިބޭނެ ގޮތްތައް ހޯއްދެވުމަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނީ މަލްޓި ޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް ބޭނުންކޮށްގެން ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ.

"ރާއްޖޭގެ އެންގޭޖްމެންޓް މިފަހަރު އަޅުގަނޑުމެން ބޭނުންވޭ ކުދި ޖަޒީރާ ގައުމުތަކުގެ ތެރޭގަ އަޅުގަނޑުމެންގެ އަޑަކީ އެންމެ އުފުލިފަ އޮންނަ އަޑަށް ނުވަތަ ވޮއިސް އައުޓް ކުރާ ކަންތައްތަކުގަ ވޮއިސް އައުޓް ކުރާ ގައުމަކަށް ވެގެން ދާނެ މިފަހަރު. އެއީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަކާލާތު ކުރާނީ މި 37 ގައުމުގެ ތެރޭގަ އިސް ދައުރެއް އަދާކުރަން މަސައްކަތް މިކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ދަތުރުފުޅުގެ ތެރެއިން އެހެން ގައުމުތަކުގެ ރައީސުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވާ މަޝްވަރާތައް ކުރައްވާނެ އެވެ. އަދި ވަޒީރުން ވެސް ވަޒީރުންގެ ލެވެލްގެ ބައްދަލުވުންތައް ބާއްވާނެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.