މުދަލު ޒަކާތުގެ ނިޞާބު 9353.40ރ. އަށް މަތިކޮށްފި

"މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ.

ޒަކާތް ބަލައިގަންނަނީ: ޒަކާތު ހައުސްއިން ބޭސްފަރުވާގެ އެހީގެ ގޮތުގައި 7 ލައްކައަށްވުރެ ގިނަ ރުފިޔާ މިދިޔަ މަހު ވަނީ ހަރަދުކޮށްފައި

ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރަކީ ދިވެހި ރުފިޔާ އިން 9353.40ރ އަށް މަތިކޮށްފި އެވެ. 

މޯލްޑިސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މި ހިނގާ މަހުގެ 22 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރަކީ ދިވެހި ރުފިޔާ އިން 9353.40ރ އެވެ. މުދަލު ޒަކާތުގެ ނިޞާބު ކަނޑައެޅިއިރު އެންމެފަހުން ނިޞާބަށް ބަދަލު ގެނެސްފައިވަނީ މި އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހު އެވެ. އެފަހަރު ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،140ރ. އެވެ. 

ޒަކާތުގެ ނިޞާބަށް އައިސްފައިވާ ބަދަލު

  •  20، އޯގަސްޓް 2021 - 6،787 ރުފިޔާ
  •  17، މާރިޗް 2022 - 7،241.15 ރުފިޔާ
  •  12، ޖޫން 2022 - 6،396.25 ރުފިޔާ
  •  20، ސެޕްޓެމްބަރު 2022 - 5،777.45 ރުފިޔާ
  •  29، އޮގަސްޓް 2023 - 7،151.90 ރުފިޔާ
  •  11، ޖެނުއަރި 2024 - 7،140 ރުފިޔާ
އިސްލާމިކް ސަމިޓުގައި މިނިސްޓަރު ޑރ. ޝަހީމް -- ފޮޓޯ/ ރައީސް އޮފީސް

ޒަކާތު ހައުސް؛ ދާއިރާއަށް ބޮޑު ކުރިއެރުމެއް

ޒަކާތުގެ ކަންކަން ބަލަހައްޓަނީ މިކަން ކުރިއަރާފައިވާ މުސްލިމް ގައުމުތަކުގައި ކުރިއަށް ގެންދާ ގޮތަށް މޯލްޑިވްސް ޒަކާތު ހައުސް އިންނެވެ. ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާ އެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އުފައްދަވައި އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ. 

"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި ސަރުކާރުގެ އިދާރާ އެއް ގާއިމު ކުރެއްވީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތާއި ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. "މޯލްޑިވްސް ޒަކާތު ހައުސް" އަށް ދިވެހި ބަހުން ބޭނުން ކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަމަކީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އެވެ. ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ޒަކާތު ހައުސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވާނީ 496 އެވެ.

"މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ. މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނު ކުރުމާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މާރިޗު ކަމަށް ޒަކާތު ހައުސްގެ އެހީ

މޯލްޑިވްސް ޒަކާތު ހައުސް އިން އެހީގެ ގޮތުގައި މާރިޗުގެ ނިޔަލަށް 800،000 ރ. އަށްވުރެ ގިނަ ރުފިޔާ ދީފައިވެ އެވެ. މިދިޔަ މާރިޗު މަހުގެ ނިޔަލަށް 59 މީހަކަށް 878،682.88ރ. ދިނެވެ. ޒަކާތު ފަންޑުން އެހީގެ ގޮތުގައި ދޭން ހަމަޖެހިފައިވަނީ 685،026.19 ރ. އެވެ. ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަން އެހީގެ ގޮތުގައި 190.822.59ރ. ދީފައިވާއިރު ހިތުގެ އޮޕަރޭޝަންތަކަށް 8,481.00ރ. ދީފައިވެ އެވެ. އަދި ޓްރާންސްޕްލާންޓް ހެދުމަށް 25,433.00ރ. ދިން އިރު ސިކުނޑީގެ އޮޕަރޭޝަންތަކަށް 180,407.19ރ. ދީފައި ވެއެވެ. އެހެނިހެން ކަންކަމަށް 279,872.50ރ. ހޭދަ ކުރި އެވެ. އަދި ހާއްސަ ހާލަތް މެދުވެރިވެގެން ހާލުގައި ޖެހޭ މީހުނަށް ޒަކާތު ފަންޑުން ދޭ އެހީގެ ގޮތުގައި މިދިޔަ މަހު 17,207.65ރ. ދިނެވެ. އެހެނިހެން ހަރަދުގެ ގޮތުގައި ސްކޮލާޝިޕަށް 44,563.80ރ. ހަރަދު ކޮށްފައި ވާއިރު، އިދާރާގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ އާމިލުންގެ އުޖޫރައިގެ ގޮތުގައި 374,950.28ރ. ހަރަދު ކޮށްފައި ވެއެވެ.

ޒަކާތާމެދު އަރާފައިވާ އޮޅުމެއް - މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަ ކަމަށާ ބައެއް މީހުން ހީކުރާ ގޮތުގައި ރޯދަ މަހު ފިތުރު ޒަކާތް ދެއްކުމުން ފުދުނީ ކަމުގައި ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. އަދި އަނެއް ބަޔަކު ދެކޭގޮތުގައި ތިމާއަކީ ބޮޑު ވިޔަފާރިވެރިއަކަށް ނުވާތީ ތިމާ ޒަކާތް ދައްކަން ނުޖެހޭ ކަމާއި މުދަލުޒަކާތް ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކު ވެސް އުޅޭ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.