އިލްމުވެރިންނަށް ދޮގު ތުހުމަތުކޮށް ފުރައްސާރަ ކުރާ އިމާމެއް، ފިޔަވަޅު އަޅަނީ

މި މީހާ ވަނީ ސައުދީގެ ބައެއް އިލްމުވެރީންނާއި ރާއްޖޭގެ އިލްމުވެރީންނަށް ފުރައްސާރަކޮށް ދޮގު ތުހުމަތުތައް ކޮށް ވަރަށް ފާޅުގައި ސޯޝަލް މީިޑިއާގައި އެ ފިތުނަ ފަތުރާފަ އެވެ.

އިލްމުވެރިންނަށް ދޮގު ތުހުމަތުކޮށް ފުރައްސާރަ ކުރަމުންދާ މީހާ: މީނާ އަކީ ފާޅުގައި އެކަން ކޮށް ފިތުނަ އުފައްދަމުންދާ މީހެއްް

އިލްމުވެރިންނަށް ދޮގު ތުހުމަތުކޮށް ފުރައްސާރަ ކުރަމުންދާ ފުވައްމުލަކު ސިޓީގެ އިމާމެއްގެ މައްސަލަ ބަލަން ނިންމައިފި އެވެ.

ދީނީ އިލްމުވެރިންނަށް ދޮގު ތުހުމަތުކޮށް ފުރައްސާރަ ކުރަމުންދަނީ ފުވައްމަލުކުގެ މިސްކިތެއްގައި އިމާމެއްގެ ގޮތުގައި މަސައްކަތް ކުރާ މުހައްމަދު ހުސައިން ކިޔާ މީހެކެވެ. އޭނާ އަކީ މީގެ ކުރީން ވެސް އިލްމުވެރީންނަށް ބަދު ބަސް ބުނެ ދޮގު ތުހުމަތުކޮށް ފުރައްސާރަ ކުރަމުން އައި މީހެކެވެ.

ފުވައްމުލަކު ސިޓީގައި އަދާލަތު ޕާޓީ ގައި އިސްކޮށް އުޅޭ މި މީހާ އަކީ އަދާލަތުގެ ބައެއް އިލްމުވެރީންނާ ގާތް މީހެކެވެ. ހާއްސަކޮށް ޝެއިހް މުހައްމަދު އަނިލް ފަދަ އިލްމުވެރީންނާ އޭނާއާ ގުޅުން ބޮޑެވެ. 

މި މީހާގެ ބަސް މަގު ހުންނަ ގޮތާއި އިލްމުވެރީންނަށް ފުރައްސާރަކޮށް ފިތުނަ އުފައްދާތީ އޭނާއަށް ފިޔަވަޅު ނާޅާތޯ އިލްމުވެރީން ވަނީ ސުވާލު ކޮށްފަ އެވެ. އިލްމުވެރީންނަށް ހާއްސަ ވައިބާ ގުރޫޕް -- "އިލްމުވެރީންގެ ގުޅުން" ގައި ބައެއް އިލްމުވެރީން އެ ސުވާލު ކުރުމުން މިނިސްޓަރު ޝަހީމް ވަނީ ގަވާއިދާ އެއްގޮތަށް އޭނާއަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ގަވާއިދުގައިވާ ގޮތުގެ މަތީން މިއަދު އިމާމު ކަމުން އޭނާ ސަސްޕެންޑް ކުރާނެ،" މިނިސްޓަރު އެ ގުރޫޕްގައި ވިދާޅުވި އެވެ.

އޭނާގެ މައްސަލަ ބަލާ ބަޔާން ނަންގަވާނެ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވަނީ އިސްލާމީ އިލްމުވެރީންނަށް ފުރައްސާރަ ކުރާ މީހުންނާމެދު ފިޔަވަޅު އެޅޭނެ ގަވާއިދާއި އުސޫލުތައް އެބަހުރި ކަން ވެސް ފާހަގަ ކުރައްވާފަ އެވެ.

މި މީހާ ވަނީ ސައުދީގެ ބައެއް އިލްމުވެރީންނާއި ރާއްޖޭގެ އިލްމުވެރީންނަށް ފުރައްސާރަކޮށް ދޮގު ތުހުމަތުތައް ކޮށް ވަރަށް ފާޅުގައި ސޯޝަލް މީިޑިއާގައި އެ ފިތުނަ ފަތުރާފަ އެވެ. ރާއްޖެ ދުށް މޮޅެތި އިލްމުވެރީންގެ ތެރޭގައި ހިމެނޭ އައްޝައިހް މުހައްމަދު އިބްރާހިމަށް ވެސް ވަރަށް ބޮޑަށް ފުރައްސާރަކޮށް ތުހުމަތު ކޮށްފައި އެވެ. ޝެއިހަކީ ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދާއި ސަލަފުގެ ރައީސް އައްޝައިހް އަބްދުﷲ ބުނު މުހައްމަދުގެ ބައްޕާފުޅެވެ. ޝެއިހް މުހައްމަދު ދިވެހީންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ "ބޮޑު ޝޭހު" ގެ ނަމުގަ އެވެ. ޝެއިހަކީ ދިވެހީންގެ ތެރޭގައި އޭރު އޮތް ވަރަށް ގިނަ ބިދުއަވެރި އަމަލުތަކާއި ދިވެހިން ދުރުކޮށް ދީނުގެ ސާފު ގޮތް ބަޔާން ކޮށް ދެއްވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ޝެއިހަށް ފުރައްސާރަކޮށް އޭނާ ކުރި ޕޯސްޓްގައި ޝެއިހަކީ "ވައްހާބީ" އުސޫލުތައް ފެތުރި ބޭފުޅެއް ކަމަށް ބުނެ މިނިސްޓަރު ޝަހީމް މިހާރު ހުންނެވީ ސަލަފާއި "ވައްހާބީ" ނެޓްވޯކުން ހިސާރު ކޮށްފައި ކަަމަށް ބުނެފައިވެ އެވެ. ޝެއިހަށް ނިސްބަތްކޮށް ބުނެފައި ވަނީ އެއީ "ބާބުލް އަވާލީ" ކަމަށެވެ. އެއީ ޝެއިހްގެ ގެއަށް ކިޔާ ނަމެވެ. އެ ޕޯސްޓަށް ޝަހީމް ކޮމެންޓެއް ވެސް ކުރެެއްވި އެވެ. ނަމަވެސް ހަމަ އެކަނި ވިދާޅުވީ ޝެއިހްގެ ނަންފުޅަކީ "ބާބުލްއަވާލީ" ނޫން ކަަމަށެވެ. ޝެއިހަށް ކޮށްފައިވާ ފުރައްސާރައަށް އެއްވެސް އެއްޗެއް އޭރު ވިދާޅެއް ނުވެ އެވެ.

އޭނާއަށް ފިޔަވަޅު އަޅާ ވާހަކަ ވިދާޅުވީ އިލްމުވެރީން ކަންބޮޑުވުން ފާޅު ކުރަން ފެށުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.