މިފްކޯއިން ވަކިކުރި ސަމާހުއަށް ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރުކަން ދީފި

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ ފަތްކޮޅު ސަމާހަށް މިއަދު އެރުވިކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ މި ނޫހަށް ކަށަވަރުކޮށްދެއްވި އެވެ.

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު އެމަގާމުން އިއްޔެ ވަކިކުރެއްވުމުން، ސްޓޭޓް މިނިސްޓަރުކަމަށް މިއަދު ވަނީ އައްޔަން ކުރައްވާފައި

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު އެމަގާމުން އިއްޔެ ވަކިކުރައްވާފައި ވަނިކޮށް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފި އެވެ. 

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ރޭ ކުރި ޕޯސްޓެއް ގައި ބުނެފައި ވަނީ މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހްމަދު ސަމާހު ރަޝީދު އެ މަގާމުންނާއި ކުންފުނީގެ ބޯޑު ޑިރެކްޓަރު ކަމުން ވަކިކޮށްފި ކަމަށެވެ. ސަމާހު މަގާމުން ވަކިކުރެއްވީ އޭނާއާ ގުޅޭ މައްސަލަތަކެއް ބެލުމަށް ސަސްޕެންޝަނުގައި ބެހެއްޓެވުމަށް ފަހު އަލުން މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަން ފެއްޓެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "މިރާ"އަށް ވިދާޅުވީ، މިފްކޯއިން އިއްޔެ ވަކިކުރެއްވި ސަމާހަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ ފަތްކޮޅު މިއަދު އަރުވާފައިވާކަމަށެވެ. 
 
ސަމާހު މަގާމުން ވަކިކުރީ އޭނާއާ ގުޅުން ހުރި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަނުގެ އަމަލު ހިންގި މައްސަލަތެއް ޕީސީބީއިން ބެލުމަށް ސަސްޕެންޑުގައި ބެހެއްޓުމަށް ފަހު، އަލުން ވަޒީފާއަށް ނެރުނުތާ ކުޑަ ދުވަސްކޮޅެއް ތެރޭގަ އެވެ.
 
ސަމާހަށް ތުމަތުކޮށް 12 މައްސަލައެއް ބެލި އެވެ. އޭގެ ތެރޭގައި އާއިލީ މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށް ކުންފުނީގެ ވަސީލަތްތައް ބޭނުން ކުރާކަމުގެ ތުހުމަތު އޭނާގެ މައްޗަށް އޮވެ އެވެ. މި މައްސަލަ މަޖިލީހުގައި އޮންނަ އެސްއޯއީތަކާ ބެހޭ ކޮމެޓީއިން ވެސް ބެލި އެވެ. އެ ކޮމެޓީގައި ސަމާހް ވަނީ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

ސަމާހު މަގާމުން ވަކި ކުރެއްވިއިރު ހުންނެވީ 18 ވަނަ އިންފޯ ފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ބައިވެރިވެވަޑައިގަތުމަށް ތައިލެންޑްގަ އެވެ. އެ އެގްޒިބިޝަން ގައި އޭނާ ތަގުރީރު ވެސް ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.