ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ރަށަކަށް ފޮތްތައް ފޮނުވޭނެ: އެޑިއުކޭޝަން

މި ދުވަސްވަރު މުޅި ރާއްޖެއަށް ވިއްސާރަ ކުރިޔަސް ހުރިހާ ސްކޫލަކަށް ޓެކްސްޓް ފޮތްތައް ފޮނުވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ސްކޫލްތަކަށް ޓެކްސްޓު ފޮތްތައް ގެންދިއުމަށް ފުލުހުންގެ އުޅަނދެއް ބަރާ ކުރަނީ: އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލަކަށް ވެސް ފޮތްތައް ފޯރުކޮށްދެވޭނެ ކަމަށް -- ފޮޓޯ: ފުލުސް އިދާރާ

ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލަކަށް ޓެކްސްޓް ފޮތްތައް ފޯރު ކޮށްދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. 

ރާއްޖެއަށް މޫސުން ވަރަށް ގޯސްވެފައި ވީނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލެއް ކަމަށްވާ އައިޝަތު ނަޖާ ހާލިދު މިއަދު "މިރާ" އަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ވެސް މި ފެށޭ ދިރާސީ އަހަރުގެ ކިޔެވުމަށް ދަރިންވަރުން ބޭނުން ކުރާނެ ޓެކްސްޓު ފޮތްތައް ފޮނުވޭނެ ކަމަށެވެ. ފޮތްތައް ފޮނުވަމުން ދަނީ ފުލުހުންނާއި އެމްޓީސީސީގެ އެހީތެރިކަމާއެކުގައި ކަމަށެވެ. 

"ފޮތްތައް ފޮނުވުމުގެ މަސައްކަތް ކުރަމުން ދަނީ. ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ސްކޫލަތަކަށް ވެސް ފޮތްތައް ފޮނުވޭނެ" އޭނާ ވިދާޅުވި އެވެ. 

ނަޖާ ވިދާޅުވީ މޫސުން ގޯސްވި ނަމަވެސް، ރަށްރަށަށް ފޮތް ފޮނުވުމުގައި އަދި ދަތިކަމެއް ނެތް ކަމަށެވެ. މިހާރުވެސް ބައެއް ރަށްރަށަށް ފޮތް ފޮނުވި، ފޮތްތައް ދޫކުރުމުގެ މަސައްކަތް ވެސް ފެށިފައިވާކަމަށް އޭނާ ވިދާޅުވި އެވެ. 

ދިރާސީ އާ އަހަރު ފަށާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.