ރައީސީގެ ޖަނާޒާގައި ރައީސްގެ މަންދޫބެއްގެ ގޮތުގައި އާދަމް ޝަރީފް

އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގާ ރަސްމީގޮތުން ހިތާމަ ފާޅުކުރެއްވުމުގެ ގޮތުން، މިދިޔަ އަންގާރަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑި އަށް ތިރިކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފަ އެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު ފުރާވަޑައިގަންނަވަނީ

އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ރައީސް ޑރ. ސައްޔިދު އިބްރާހީމް ރައީސީ އާއި ހާރިޖީ ވަޒީރު ހުސައިން އާމިރު-އަބްދުއްލަހިޔާނަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރެއްވުމަށާ އެ ދެ ބޭފުޅުން ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށާ އަދި އީރާނުގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވާކްސް، އާދަމް ޝަރީފް އުމަރު، މިރޭ އީރާނަށް ފުރާވަޑައިގެންފި އެވެ.

އިއްޔެގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އީރާނުގެ ރައީސް އާއި ހާރިޖީ ވަޒީރު އަވަހާރަވި ހިތާމަވެރި ހަބަރާ ގުޅިގެން އީރާނުގެ އިންތިގާލީ ރައީސް މުހައްމަދު މުހްބަރުއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފަ އެވެ. އަދި އީރާނަށް ކުރިމަތިވެފައިވާ ގައުމީ ހިތާމައިގެ މި ދަނޑިވަޅު އެ ގައުމުގެ ސަރުކާރާ ރައްޔިތުންނާ އެކު ދިވެހި ސަރުކާރާ ރައްޔިތުން ތިބި ކަން ހާމަކުރައްވައިފަ އެވެ.

އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގާ ރަސްމީގޮތުން ހިތާމަ ފާޅުކުރެއްވުމުގެ ގޮތުން، މިދިޔަ އަންގާރަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑި އަށް ތިރިކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފަ އެވެ.

ރައީސް އިބްރާހީމް ރައީސީ ދަތުރުފުޅު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު އެކްސިޑެންޓުވެ، ގެއްލިގެން ހޯދަމުން ދަނިކޮށް ހެލިކޮޕްޓަރުގެ ބައިބައި ފެނިފައިވަނީ މެއި 20 ވަނަ ދުވަހު އެވެ. ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު ހޯދާފައި ވަނީ ބޯ ދުންފިނީގެ ސަބަބުން ގިނަ ގޮންޖެހުންތަަކުގެ ތެރޭގައި މެދުނުކެނޑި 15 ގަޑިއިރިއަށްވުރެ ގިނައިރު ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަނެއްގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.