ބަތް ކެއްކުމުގެ ކުރިން ހަނޑޫ ފެނުއެޅުމަކީ ފައިދާ ބޮޑު ކަމެއް

މީގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މައްޗަށް ދިއުން ހުއްޓުވައި ދެމެހެއްޓެނިވި ހަކަތަ ހަށިގަނޑަށް ފޯރު ކޮށްދެ އެވެ.

ކެއްކުމުގެ ކުރިން ހަނޑޫ ފެނުގައި (ފެނުއަޅާފައި) ބެހެއްޓުމަކީ ވަރަށް ފައިދާ ބޮޑު ކަމެކެވެ. މިއީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށް ކުރުމަށް އެހީތެރި ވެދޭ ކަމެކެވެ. ގްލައިސެމިކް އިންޑެކްސް ދަށް ކާނާ ހަޖަމު ވަނީ ލަހުންނެވެ. މިކަމުގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މައްޗަށް ދިއުން ހުއްޓުވައި ދެމެހެއްޓެނިވި ހަކަތަ ފޯރު ކޮށްދެ އެވެ.

ބައެއް ފަހަރު ބަތް ކެއުމުން މީހާއަށް މާ ބޮޑަށް ބަރުހެލިކަން އިހުސާސް ކުރެވި ނިދި އަންނަ ގޮތް ވެއެވެ. ކެއްކުމުގެ ކުރިން އިރުކޮޅަކު ފެނުގައި ހަނޑޫ ބެހެއްޓުމަށް ފަހު ކައްކާ ބަތް ކެއުމަކީ މިފަދަ އުނދަގޫތައް ކުޑަކޮށްދޭ ކަމެއް ކަމަށާއި އެގޮތަށް ހަނޑޫ ބެހެއްޓުމުގެ ސަބަބުން އޭގެ ގްލައިސެމިކް އިންޑެކްސް (ޖީއައި) އާއި މުޅި ނިއުޓްރިޝަނަލް ޕްރޮފައިލް އަށް އަސަރު ކުރާ ކަމަށް މާހިރުން ވިދާޅުވެ އެވެ.


1
ޖީއައިއަކީ ކޮބާ؟

އިންޑިއާގެ ކްލިނިކަލް ޑައިޓިޝަން ޑރ. ޖީ ސުޝްމާ ވިދާޅުވި އެވެ:

"ޖީއައިއަކީ ކާބޯތަކެތީގައި ހިމެނޭ ކާބޯހައިޑްރޭޓްސް އިން ލޭގައި ހަކުރު ހުންނަ މިންވަރު މަތިކު ރަނީ ކިހާ އަވަހަކަށްކަން އަންގައިދޭ މިންގަނޑެ" ކެވެ. 

އޭނާ ވިދާޅުވި ގޮތުގައި ޖީއައި ދަށް ކާނާތައް ހަޖަމުވުން ލަސް ކޮށްދެ އެވެ. ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މަތިނުވެ ހިފަހައްޓާ ދިނުމާއެކު ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރު ކޮށްދެ އެވެ.

"ހަނޑޫ، ހާއްސަކޮށް ސްޓާޗްގެ މިންވަރު ގިނަ ބާވަތްތައް ފެނުގައި ބެހެއްޓުމުން، އެންޒައިމެޓިކް ބްރޭކްޑައުންގެ ސަބަބުން އޭގެ ޖީއައި ދަށްވެ، ކެއުމަށް ފަހު ލޭގައި ހަކުރު އިތުރު ވުމުގެ ފުރުސަތު ކުޑަ ކުރެވިދާނެ،" ޑރ. ސުޝްމާ ވިދާޅުވި އެވެ.


2
އެންޒައިމެޓިކް ބްރޭކްޑައުންއަކީ ކޮބާ؟

ސުޝްމާ ވިދާޅުވި ގޮތުގައި ހަނޑޫ ފެނުގައި ބެހެއްޓުމުން، އެންޒައިމެޓިކް ބްރޭކްޑައުންއަށް ދާއިރު، މިއީ ގުދުރަތީ ގޮތުން ހަނޑުލުގެ ގައި ހިމެނޭ ބައެއް އެންޒައިމްތައް ކޮމްޕްލެކްސް ކާބޯހައިޑްރޭޓްތައް އާދައިގެ ހަކުރަށް ބަދަލުވާ ޕްރޮސެސް އެކެވެ. މި އެންޒައިމެޓިކް އެކްޓިވިޓީގެ ސަބަބުން ބަތް ފަސޭ ހައިން ހަޖަމު ކުރުމަށް އެހީތެރިވެ ދީ، އޭގައި ހިމެނޭ ނިއުޓްރިއެންޓްސް ހަށިގަނޑުގައި ހިފަހައްޓަން ފަސޭހަ ކޮށްދެ އެވެ.


3
ސިއްޙީ ގޮތުން ލިބޭ ފައިދާތަކަކީ ކޮބާ؟

އެންޒައިމެޓިކް ބްރޭކްޑައުންގެ ސަބަބުން ފައިޓިކް އެސިޑާއި ޓެނިން ފަދަ އެންޓިނިއުޓްރިއެންޓްސް ރޫޅާލައި ވިޓަމިންސް އާއި މިނަރަލްސް ލިބެން ހުންނަ މިންވަރު އިތުރުވާ ކަމަށް ސުޝްމާ ފާހަގަ ކުރެއްވި އެވެ. 

"ހަނޑުލުގައި ހުންނަ ކޮމްޕައުންޑްތަކުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއަންޓްސް ފޯރު ކޮށްދިނުމަށް ހުރަސް އެޅޭ، އެހެންވީމާ، ކެއްކުމުގެ ކުރިން ހަނޑޫ ފެނުގައި ބެހެއްޓުމުމަކީ ހަށިގަނޑަށް ނިއުޓްރިއަންޓް ލިބޭ މިންވަރު ރަނގަޅު ކޮށް ދޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.


4
ހަނޑޫ ފެނު އެޅުމުން ގެއްލުންވާނެތަ؟

މިހެން ހަނޑޫ ބެހެއްޓުމުގެ ސަބަބުން ސައިޑް އިފެކްޓެއް ނެތް ނަމަވެސް ޑޮކްޓަރުން ލަފާ ދެނީ ހަނޑޫ ހަތަރު ގަޑިއިރަށް ވުރެ ގިނައިރު ފެނުގައި ނުބެހެއްޓުމަށެވެ. ގިނައިރު ބެހެއްޓުމުން ސޮލިއުބަލް ވިޓަމިންސް އާއި މިނަރަލްސް ހިމެނޭ ބައެއް މާއްދާތައް ފެނަށް ލީކްވާން ފެށުމުގެ ފުރުސަތު އޮވެއެވެ. އޭގެ ސަބަބުން ބަތުން ލިބޭ ނިއުޓްރިޝަން މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. 

އެހެން ކަމުން ފެނުގައި ހަނޑޫ ހަތަރު ގަޑިއިރަށްވުރެ ގިނަ އިރު ނުބެހެއްޓުމަށް ސަމާލުކަށް ދިނުން މުހިއްމެވެ. ކެއްކުމުގެ ކުރިން ފެނުއަޅާފައި ހުންނަ ހަނޑޫ ރަނގަޅަށް ދޮވެލުމުން އޭގައި ހުންނަ ސްޓާޗް މަދުވެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރަނގަޅު ކާލަން ފަސޭހަ މީރު ބަތް ތައްޔާރު ކުރުމަށް ފަސޭހަވެގެން ދެއެވެ.

ސުޝްމާ ވިދާޅުވި ގޮތުގައި ކެއުމުގެ ހާއްސަ ސިއްހީ ހާލަތެއް ހުންނަ މީހުން ކެއުމަށް މިފަދަ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ކުރިން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތެއް ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ޑައިޓީޝަނަކާ މަޝްވަރާ ކުރަން ޖެހޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.