ކޮޅިގަނޑެއްގައި ޖެހުނު ތޮއްޑޫ ކުދީންތަކެއް ސްޓެލްކޯ މުވައްޒިފުން ސަލާމަތް ކޮށްފި

ކޮޅިގަނޑުގައި ޖެހުނު ކުދީން ސަލާމަތް ކުރަނީ

މިއަދު ހަވީރު ކޮޅިގަނޑެއް އައި ވަގުތު އއ. ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކެއް ކޮޅިގަނޑު ގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމުގައި ސްޓެލްކޯގެ މުވައްޒިފުން ހަރަކާތްތެރި ވެއްޖެ އެވެ.

ކަރަންޓް ކުންފުނި -- ސްޓެލްކޯ އިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، މިއަދު ހަވީރު ކޮޅިގަނޑެއް އައި ވަގުތު އއ. ތޮއްޑޫ ގައި މޫދަށް އެރި ތިބި ކުދިންތަކެއް އެ ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމަށް އެވަގުތު އެ ސަރަހައްދު ގައި ތިބި އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ މަންޒަރު ފެންނަ ފޮޓޯތައް ވެެސް ކުންފުނިން ވަނީ ހިއްސާ ކޮށްފަ އެވެ.

މީގެ އިތުރުން އެ ކޮޅިގަނޑުގެ ބިންދައިގެން ދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެރުމާއި ގުޅިގެން އެތަކެތި ނެގުމަށް ވެސް ސްޓްލްކޯގެ މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

"ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި މިކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމި ތިބޭނީ ހިތްވަރާއި ކެރުމާއިއެކު އެންމެ އިސް ސަފުގައި އިހްލާސްތެރިކަމާއި އެކު ރައްޔިތުންގެ ހިދުމަތު ގައި،" ސްޓެލްކޯ އިން ކުރި ޕޯސްޓެއް ގައި ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.