އެކަން "ދަ މިރާ" އަަށް ވަނީ ކަށަވަރުވެފަ އެވެ. ނޫރައިން އިސްތިއުފާ ދެއްވީ މިރެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއާޕާސަންގެ މަގާމުން ނޫރައިން އިސްތިއުފާ ދެއްވައިފި އެވެ.
އެކަން "ދަ މިރާ" އަަށް ވަނީ ކަށަވަރުވެފަ އެވެ. ނޫރައިން އިސްތިއުފާ ދެއްވީ މިރެ އެވެ.
ނަމަވެސް ސަބަބެއް ސާފެއް ނުވެ އެވެ.
ނުރައިން އެ މަގާމަށް އައްޔަނު ކުރެއްވީ ޑިސެންބަރު 27، 2023 ގައެވެ.
ދުނިޔޭގައި ވެސް މަޝްހޫރު ކަމެއް ހޯއްދަވާފައިވާ ނޫރެއިން އަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ދަރިކަނބަަލުންނެވެ. ޖަނާއަކީ ރައީސް މުއިއްޒުގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި އެއީ ރައީސް މުއިއްޒުގެ އިންވެސްޓްމަންޓް އެޑްވައިޒަރެވެ.
ނޫރައިން ފާހަގަ ކުރެވިފައި ވަނީ ވަރަށް ނަމޫނާ ޒުވާނެއްގެ ގޮތުގަ އެވެ. ހާއްސަކޮށް ބަދަލަށް ވަކާލާތު ކުރައްވާ އެހެން މީހުންނަށް އެހީތެރިވެ ދެއްވުމުގައި އެއީ މިސާލެކެވެ. ހައްގުތަކަށް އަޑު އުފުއްލެވުމާއި އެހީގެ މަސައްކަތުގައި ޗެންޕިއަނެކެވެ. "ޔޫއެން ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން ސަމިޓް" ގައި އަންހެނުން މަސައްކަތުގެ މައިދާނުގައި ކުލަ ތަފާތު ނުކުރުމަށް ގޮވާލާ ނިއުޒިލެންޑް ތަމްސީލް ކުރެއްވީ ނޫރައިންނެވެ.
ނޫރައިން ވަނީ 2015 ވަނަ އަހަރު "ވެެއިޓްމަޓާ ލޯކަލް ބޯޑް ގޫޑް ސިޓިޒެން އެވޯޑް" ވެސް ހޯއްދަވާފަ އެވެ. އަދި ޒުވާން އަންހެނުންނަށް ކުރިއަށް ދާންވީ ރަނގަޅު ގޮތް ވިދާޅުވެ ދެއްވާ އެކަމުގައި ހިތްވަރުދެއްވާ ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް އެހީތެރިވާން ހާއްސަ ޖަމިއްޔާއެއް ވެސް އުފައްދަވާފަ އެވެ. "އޮތެންޓިސިޓީ އެން ޒެޑް" ގެ ނަމުގައި ހިންގާ ޖަމިއްޔާ އިން ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް އެހީތެރިވެ ދެއެވެ.
ނިއުޒީލޭންޑްގެ ސިޔާސީ ފަރާތްތަކާއި ކަމާގުޅޭ އިދާރާތަކުގެ އިސް ވެެރިންނާއި މަަޝްވަރާކޮށް ހިޖުރަވެެރިންނަށް ނިއުޒީލޭންޑްގައި ކުރިމަތިވާ ގޮންޖެހުންތަކާ ދަތިތައް ސަމާލު ކަމަށް ގެނެސްދިނުމުގައި ނޫރައިން މުހިންމު ދައުރެއް އަދާ ކުރައްވާފައި ވެއެވެ. މީގެ އިތުރުން ނޫރެއިންއަކީ ނިއުޒިލޭންޑުގެ ފަގީރުންނަށް އެހީވާ ފަންޑް ނޯތް ޓްރަސްޓީސްގެ ފަރާތުން އާއްމުން ތަމްސީލް ކުރާ މެންބަރެކެވެ. ނޯތް ޓްރަސްޓީސް އިން ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ނޫރެއިންއަކީ ލީޑަރެކެވެ. މިއީ އެއް ބިލިއަން ޑޮލަރުގެ ބޮޑު ފަންޑެކެވެ.
މަގާމުގައި ހޭދަކުރެއްވި މުއްދަތު ގައި ނޫރައިންނަށް އާންމުންގެ ބޮޑު ޝައުގުވެރިކަމަކާ އިހްތިރާމާއި ތާއީދު ވެސް ލިބުނެވެ.