ކުރީން "ބީއެމްލް ކޮމިއުޓީ ފަންޑެ" 2019 އިގައި އުފެއްދުމަށް ފަހު ރަށްފުށު ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިޔާގެ ގޮތުގައި ރަށު ކޮމިއުނިޓީތަކުގެ ޕްރޮޖެކްޓްތައް ހިންގަން ދެމުން އައީ 50،000ރ. އެވެ.
ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދޭށާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވެދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފެށި "ކޮމިއުނިޓީ ފަންޑު" ދޫކޮށްލައި "ބޭންކް ފަންޑް" ނަމުގައި ފަންޑު ބޮޑުކޮށް މިއަދު ތައާރަފު ކޮށްފި އެވެ.
އެ ބޭންކްގެ އާ ފަންޑު އިފްތިތާހު ކުރުމަށް ފަހު ދެމެހެއްޓެނެވި އިޖުތިމާއި ޕްރޮގްރާމް ހިންގާ ޖަމިއްޔާތަކަށް އަމާޒުކޮށް ބޭންކުން މިއަދު ވަނީ "ބޭންކް ފަންޑަ" ށް ޕްރޮޕޯސަލް ހުށަހަޅަން ވެސް ހުޅުވާލާފަ އެވެ.
ބީއެމްއެލުގެ މި ފަންޑުން ކޮންމެ އަހަރަކުވެސް، ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި މުޖުތަމައަށް ފައިދާ އޮތް ދާއިރާތަކުން ފަސް ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގަން 200،000ރ. ގެ ހިލޭ އެހީ ދޭން ވަނީ ނިންމާފަ އެވެ. -- ކުރީން "ބީއެމްލް ކޮމިއުޓީ ފަންޑެ" 2019 އިގައި އުފެއްދުމަށް ފަހު ރަށްފުށު ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިޔާގެ ގޮތުގައި ރަށު ކޮމިއުނިޓީތަކުގެ ޕްރޮޖެކްޓްތައް ހިންގަން ދެމުން އައީ 50،000ރ. އެވެ. އެ ފަންޑުން މެދުވެރިކޮށް ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި 100 ޕްރޮޖެކްޓަށް ފަންޑުކޮށްދިނެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން އެ ބޭންކުން އަބަދުވެސް ގެންދަނީ މުޖުތަމައު ގައި ހިންގަމުންދާ މުހިންމު ހަރަކާތްތަކަށް އިންވެސްޓް ކުރަމުން ކަމަށެވެ.
"ފާހަގަ ކޮށްލެވޭ މުހިންމު އެއް ޕްރޮގްރާމެއް ކަމަށްވާ 'ކޮމިއުނިޓީ ފަންޑް' މެދުވެރިކޮށް 2019 އިން ފެށިގެން ވަނީ އިޖުތިމާއީ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައި،" ކާލް ވިދާޅުވި އެވެ. "މިއަދު އަޅުގަނޑުމެން މި ތައާރަފު ކުރި 'ބޭންކް ފަންޑަ' ކީ ޖަމިއްޔާތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ހޯދައި ދިނުމުގެ ބޭނުމުގައި ކުރިން ދެމުންދިޔަ ފަންޑަށް ބަދަލު ގެނެސް، އިތުރު ފުރިހަމަ ކަމާއެކު ފަށާ ފަންޑެއް."
"ބޭންކް ފަންޑް" ހުޅުވާލާފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށެވެ. މިފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން 10 ވަނަ ދުވަހުގެ ރޭގަނޑު 11:00 އެވެ. މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅެ އެވެ.