މިފްކޯގެ ސީއީއޯގެ މަގާމުން ސަމާހު ވަކިކޮށްފި

ޕީސީބީ އިން މިރޭ ކުރި ޕޯސްޓެއް ގައި ބުނެފައި ވަނީ މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހްމަދު ސަމާހު ރަޝީދު އެ މަގާމުންނާއި ކުންފުނީގެ ބޯޑު ޑިރެކްޓަރު ކަމުން ވަކިކޮށްފި ކަމަށެވެ.

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު: އެ މަގާމުން ވަނީ ވަކި ކުރައްވާފައި

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހްމަދު ސަމާހު ރަޝީދު އެ މަގާމުންނާއި ކުންފުނީގެ ބޯޑު ޑިރެކްޓަރު ކަމުން ވަކި ކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިރޭ ކުރި ޕޯސްޓެއް ގައި ބުނެފައި ވަނީ މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހްމަދު ސަމާހު ރަޝީދު އެ މަގާމުންނާއި ކުންފުނީގެ ބޯޑު ޑިރެކްޓަރު ކަމުން ވަކިކޮށްފި ކަމަށެވެ.

ސަމާހު މަގާމުން ވަކިކުރައްވާފައި މި ވަނީ އޭނާއާ ގުޅޭ މައްސަލަތަކެއް ބެލުމަށް ސަސްޕެންޝަނުގައި ބެހެއްޓެވުމަށް ފަހު އަލުން މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަން ފެއްޓެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. 

ސަމާހަށް ތުމަތުކޮށް 12 މައްސަލައެއް ބެލި އެވެ. އޭގެ ތެރޭގައި އާއިލީ މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށް ކުންފުނީގެ ވަސީލަތްތައް ބޭނުން ކުރާކަމުގެ ތުހުމަތު އޭނާގެ މައްޗަށް އޮވެ އެވެ. މި މައްސަލަ މަޖިލީހުގައި އޮންނަ އެސްއޯއީތަކާ ބެހޭ ކޮމެޓީއިން ވެސް ބެލި އެވެ. އެ ކޮމެޓީގައި ސަމާހް ވަނީ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. 

ސަމާހު މަގާމުން ވަކި ކުރެއްވިއިރު ހުންނެވީ 18 ވަނަ އިންފޯ ފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ބައިވެރިވެވަޑައިގަތުމަށް ތައިލެންޑްގަ އެވެ. އިއްޔެ ވަނީ އެ އެގްޒިބިޝަން ގައި އޭނާ ތަގުރީރު ވެސް ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.