އެލައިޑުން ފުރުސަތެއް | ޓިކްޓޮކެއް ކުޅެލައިގެން 3000 ރުފިޔާ

ޓިކްޓޮކްގައި ހަރަކާތްތެރިވާ ފަރާތްތަކުން # އިންޝުއާލައިފްވިތްއެލައިޑް ހޭޝްޓެގާއި މެދު ދެކޭގޮތް ނުވަތަ އިންޝުއަރަންސް ސިފަވާ ގޮތް ނުވަތަ ކްރިއޭޓިވް ހިޔާލެއްގެ މައްޗައް ބިނާކޮށް ހަދާ ވީޑިއޯއެއް ޕޯސްޓް ކުރީމަ ބައިވެރިވެވޭނެ އެވެ.

އެލައިޑް އިންޝުއަރަންސުން ޓިކްޓޮކެއް ކުޅެލައިގެން ހެޔޮވަރު ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި އެލައިޑުން ފެށި ޓިކްޓޮކް ކޮންޓެސްޓަކީ ޓިކްޓޮކް ހެދުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ، ކޭޝް ޕްރައިޒެއް ހިމެނޭ ކޮންޓެސްޓެކެވެ.  

މި ކޮންޓެސްޓުގައި ބައިވެރިވާން ބޭނުންވާ ޓިކްޓޮކްގައި ހަރަކާތްތެރިވާ ފަރާތްތަކުން # އިންޝުއާލައިފްވިތްއެލައިޑް ހޭޝްޓެގާއި މެދު ދެކޭގޮތް ނުވަތަ އިންޝުއަރަންސް ސިފަވާ ގޮތް ނުވަތަ ކްރިއޭޓިވް ހިޔާލެއްގެ މައްޗައް ބިނާކޮށް ހަދާ ވީޑިއޯއެއް ޕޯސްޓް ކުރުން ބައިވެރިވެވޭނެ އެވެ.

އިނާމަކީ ކޮބާ؟ - މި ނަސީބުވެރި ތިން ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭ ގޮތަށް ހަމަޖެހިފައިވާ މި ފުރުސަތުގެ އެންމެ ފަހު ސުންގަޑިއަކީ މިމަހުގެ 25 ވަނަ ދުވަހެވެ.

މި ކޮންޓެސްޓްތަކުގެ ބޭނުމަކީ އިންޝުއަރަންސާއި ބެހޭ އަގުހުރި މައުލޫމާތު ޝައުގުވެރި ގޮތްތަކަށް އާންމުންނާއި ހަމައަށް ފޯރުކޮށްދީ، އިންޝުއަރަންސްގެ ރައްކާތެރިކަން ހޯއްދެވުމަށް ހިތްވަރު ދިނުމެވެ. އެގޮތުން ޓިކްޓޮކް ހެދުމަށް ބޭނުންވާ މައުލޫމާތު ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ އެލައިޑްގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅައިގެން މައުލޫމާތު ލިބޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.