އަންހެނުންތަކެއް އޮޅުވާލައި ހިޔާގެ އެޕާޓްމެންޓަކަށް މީހުން ގެންގޮސް ފޭރެނީ

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ އެކި ވާހަކަ ދައްކައި ހައްދާލައިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓަވަރެއްގެ އެޕާޓްމެންޓަކަށް މީހުން ގެންގޮސް ފޭރެމުންދާ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރުތައް: އޮޅުވާލައިގެން މީހުން އެޕާޓްމެންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައި --

އަންހެނުންތަކެއް އެކުވގެން، އޮޅުވާލައިގެން ހުޅުމާލެ ހިޔާއަށް / ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގެ އެޕާޓްމެންޓަކަށް މީހުން ގެންދިއުމަށް ފަހު ކިޑްނެޕްކޮށް ފޭރޭ މައްސަލަ ބޮޑު ވެއްޖެ އެވެ.

ހިޔާ އަވަށުގައި އުޅޭ ބައެއް މައުލޫމާތު ދިން ގޮތުގައި ފޭރެނީ އަންހެނުންތަކެއް އެކުވެގެނެވެ. އެމީހުން އެކަން ކުރަނީ ފިރިހެނުންނަށް އޮޅުވާލައިގެން އެމީހުން ދިރިއުޅޭ އެޕާޓްމެންޓްތަކަށް ގެންގޮސްގެނެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ "އެކި ވާހަކަ ދައްކައި ހައްދާލައިގެން" ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓަވަރެއްގެ އެޕާޓްމެންޓަކަށް މީހުން ގެންގޮސް ފޭރެމުން ދާ މައްސަލައެއް ފުލުސް އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

"ކާކުކަން ނޭނގޭ ނުވަތަ ގޮތް ނޭނގޭ މީހުން މިގޮތަށް ތަންތަނަށް ދާން އެދުނު ކަމުގައި ވިޔަސް ނުދިއުމަށް މި ހިދުމަތުން އިލްތިމާސް ކުރަން،" ފުލުހުން އިސްތިމާސް ކޮށްފައިވެ އެވެ.

އެކި ގޮތްގޮތަށް މީހުންނަށް އޮޅުވާލައިގެން ފޭރުމުގެ މައްސަލަތައް މިހާރަކަށް އައިސް ވަނީ ވަރަށް ބޮޑަށް ބޮޑުވެފަ އެވެ. އެފަދަ މީހުންގެ އަވާގައި ނުޖެހުމަށް ކަމާ ގުޅުންހުރި އިދާރާ ތަކުން ދަނީ ތަކުރާރުކޮށް އެދެމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.