އުސްފަންތީގައި ދެމި ތިބެން ދިރާސާކޮށް، ޓެކްނޮލޮޖީއަށް މިފްކޯ އިންވެސްޓް ކުރާނެ: ޝަމާހް

އިންފޯފިޝް ޓޫނާ ކޮންފަރެންސަކީ ކޮންމެ އަހަރަކުވެސް ކަނޑުމަހުގެ މަސްވެރިކަމުގެ އިންޑަސްޓްރީއަށް ބާއްވާ ކޮންފަރެންސް އެކެވެ. ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިޔަށް ދަނީ މި ކޮންފަރެންސް ގެ 18 ވަނަ އެޑިޝަނެވެ.

"އިންފޯފިޝް ޓޫނާ ކޮންފަރެންސް"ގެ މިއަހަރުގެ އެޑިޝަންގައި މިފްކޯގެ ސީއީއޯ ޝަމާހް ރަޝީދު ވާހަކަފުޅު ދައްކަވަނީ -- މިފްކޯ

މަހުގެ ކޮލިޓީގެ އެންމެ އުސް ފަންތީގައި ދެމި ތިބުމަށް ދިރާސާތައް ކޮށް، ޓެކްނޮލޮޖީއަށް އިންވެސްޓް ކުރުމުގެ މަސައްކަތް މިފްކޯއިން ކުރިއަށް ގެންދާ ކަމަށް މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު ވިދާޅު ވެއްޖެއެވެ.

އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ މިފްކޯއިން ކޮންމެ އަހަރަކު ބައިވެރިވާ "އިންފޯފިޝް ޓޫނާ ކޮންފަރެންސް"ގެ  މި އަހަރުގެ އެޑިޝަންގައި ބައިވެރިވެ ވަޑައިގެން ދެއްވި ޕެރެޒެންޓޭޝަނެއްގެ ތެރޭގަ އެވެ. 

އިންފޯފިޝް ޓޫނާ ކޮންފަރެންސަކީ ކޮންމެ އަހަރަކުވެސް ކަނޑުމަހުގެ މަސްވެރިކަމުގެ އިންޑަސްޓްރީއަށް ބާއްވާ ކޮންފަރެންސް އެކެވެ. ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިޔަށް ދަނީ މި ކޮންފަރެންސް ގެ 18 ވަނަ އެޑިޝަނެވެ.

ޕްރެޒެންޓޭޝަންގައި ޝަމާހު ވިދާޅުވީ ރައިސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ސަރުކާރާއެކު މިފްކޯއިން ދަނީ ދެމެހެއްޓެނިވި މަސްވެރިކަން ކުރަން މަސައްކަތްތައް ކުރަމުން ކަމަށާއި ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ހިމާޔަތް ކުރުމަށް ވެސް ހުއްޓުމެއްނެތި މަސައްކަތް ކުރާ ކަމަށެވެ. އޭނާ އަދި ވިދާޅުވި އެވެ: 

"ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމުގެ އިތުރުން އަޅުގަނޑުމެން ވެސް ކަނޑު މަހުގެ އުފެއްދުންތައް ތައްޔާރު ކުރަނީ އެގޮތަށް ބަލައިގެން. ކޮލިޓީގެ އެންމެ އުސް ފަންތީގައި ދެމި ތިބުމަށާއި، އިސްރާފު ކުޑަ ކުރުމަށް ކުރަންޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. އަޅުގަނޑުމެންގެ ކަނޑުމަހުގެ އުފެއްދުންތަކަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސެޓްފިކެޓްތަކާއެކު އުފައްދާ އުފެއްދުންތަކެއް."

ޝަމާހް ވިދާޅުވީ ރާއްޖޭގައި އޮތް މަސްވެރިކަމުގެ އަސާސަކީ ދޮށީގެ މަސްވެރިކަމަށް ވެފައި، ބާނާ މަހުގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި އެންމެ ކޮލިޓީ މަހުގެ ގޮތުގައި ބަލައިގަންނަ ކަމަށެވެ. އަދި ބައިކެޗް އުފެދުނަ ނުދީ، ކަނޑުގެ ދިރުންތަކަށް އެންމެ ގެއްލުން ކުޑަ މަސްވެރިކަމަކީ ވެސް އެއި ކަމަށާއި މަސްވެރިންނަށް ހެޔޮ ގޮތް ހޯދައިދިނުމަކީ މިފްކޯގެ އަމާޒު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހި ކަނޑުމަހާއި އުފެއްދުންތަކަށް އިތުރު މާކެޓްތައް ހޯދައި، ފުޅާ ކުރުމަށް މިފްކޯއިން އިސްނަގައިގެން އަބަދުވެސް މަސައްކަތް ކުރަން. ހަމައެއާއެކު ކޭނަރީއާއި، މަސް ރައްކާކުރާ ވަސީލަތްތަކާއި، މަސްކިރާ ބޯޓުފަހަރުތަކަށް ވެސް އިންވެސްޓް ކުރުމަށް ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް އަޅުގަނޑު މަރުހަބާ ކިޔަން." އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.