މައިކްރޮސޮފްޓް ބިލްޑް 2024 ކޮންފަރެންސް މިރޭ ފަށަނީ

ކޮންފަރެސް ސްޓްރީމް ކުރާނެ އެވެ. މި ކޮންފަރެންސްގައި މައިކްރޮސޮފްޓްގެ ސީއީއޯ ސަތިޔާ ނަޑެއްލާ، މުޅިން އާ ޑިވެލޮޕާ ޓޫލްތަކާއި އެ ކުންފުނިން ކުރިއަށް އޮތް ތަނުގައި މާކެޓަށް ނެރޭ އުފެއްދުންތައް އިއުލާނު ކުރާނެ ކަމަށް ބެލެވެ އެވެ.

މައިކްރޮސޮފްޓް ބިލްޑް 2024 ވެގެން ދާނީ އޭއައި އާއި ގުޅުންހުރި ޑިވެލޮޕާސް ކޮންފަރެންސަކަށެވެ. ގޫގުލް އިން ދާދި ފަހުން ބޭއްވި އައި/އޯ ޑިވެލޮޕާސް ކޮންފަރެންސާއި އެޕަލްގެ ކުރިއަށް އޮތް ޑަބްލިއުޑަބްލިއުޑީސީ ފަދައިން މައިކްރޮސޮފްޓް ބިލްޑް 2024 ގެ ޝިއާރު ކަމަށްވާ "މަސްނޫއީ ބުއްދިން ތިބާގެ މުސްތަގުބަލު ބައްޓަން ކުރާނީ ކިހިނެއް؟" މި ޝިއާރަކީ އާޓިފިޝަލް އިންޓެލިޖެންސްއަށް މި އިވެންޓް ހާއްސަ ވާނެ މިންވަރު ބުނެދޭ ޝިއާރެކެވެ.

ގޫގުލް އައި/އޯ އަށް ހަފުތާއެއް ފަހުން މައިކްރޮސޮފްޓް ބިލްޑް 2024 ބާއްވާއިރު، މިއީ މައިކްރޮސޮފްޓްގެ އެކި އުފެއްދުންތަކާއި ހިދުމަތްތަކާ ގުޅޭ ގޮތުން ގިނަ މައުލޫމާތު ތަކެއް ލިބިގެން ދާނެ ކޮންފަރެސްއެއް ކަމަށް ބެލެވެ އެވެ.

މައިކްރޮސޮފްޓް ބިލްޑް 2024 ކުރިއަށް ދާނީ އެމެރިކާގެ ސިއެޓަލްގައި މީހުނަށް ބައިވެރި ވެވޭ ގޮތަށެވެ. މި ކޮންފަރެންސްގައި ބައިވެރި ވުމަށް 2125 ޑޮލަރު ދައްކަން ޖެހެ އެވެ. ނަމަވެސް ވާޗުއަލްކޮށް ހިލޭ ބައިވެރިވެވޭ މި ހާއްސަ އިވެންޓް އޮންނާނީ މިރޭ 9:30 ގައެވެ. 

މައިކްރޮސޮފްޓް ޑިވެލޮޕަރު ޔޫޓިއުބް ޗެނަލުން ލައިވް އިން ކޮންފަރެސް ސްޓްރީމް ކުރާނެ އެވެ. މި ކޮންފަރެންސްގައި މައިކްރޮސޮފްޓްގެ ސީއީއޯ ސަތިޔާ ނަޑެއްލާ، މުޅިން އާ ޑިވެލޮޕާ ޓޫލްތަކާއި އެ ކުންފުނިން ކުރިއަށް އޮތް ތަނުގައި މާކެޓަށް ނެރޭ އުފެއްދުންތައް އިއުލާނު ކުރާނެ ކަމަށް ބެލެވެ އެވެ.

މިފަހަރު މައިކްރޮސޮފްޓު ބިލްޑް 2024 ގައި ސޮފްޓްވެއާ އާއި ހާޑްވެއާއާއި ގުޅުން ހުރި އޭއައި އިއުލާނުތައް ކުރާނެ ކަމަށް ބެލެވޭ އިރު، ވިންޑޯޒް 11 އިގެ އާ ފީޗާތަކެއް ހިމެނިދާނެ ކަމަށާއި އަދި ކުރިއަށް އޮތް ވާޝަން ވިންޑޯޒް 12 ގެ ސްނީކް-ޕީކެއް ވެސް ފެންނާނެ ކަމަށް ބެލެވެ އެވެ.

ކަސްޓަމަރުންނަށް އެންމެ ބޮޑަށް ފާހަގަ ވާނެ ކަމަށް ބެލެވޭ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުފައްދާފައިވާ އާރްއައިއެސްސީ މެޝިން (އޭއާރްއެމް) އޮވާސްނެޕްޑްރެގަން އެކްސް އެލީޓާއި ސްނެޕްޑްރެގަން އެކްސް ޕްލަސް ހިމެނޭ ވިންޑޯޒް ޕީސީތައް ވެސް މި ކޮންފަރެންސް ތެރެއިން ދައްކާލަނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އާ ސާފޭސް ލެޕްޓޮޕްތައް ހާއްސަކޮށް ސާފޭސް ޕްރޯ 10 އަދި ސާފޭސް ލެޕްޓޮޕް 6 ފެނިގެން ދާނެ ކަމަށް ވެސއް ބެލެވެއެވެ.

ބިލްޑް 2024 ގައި އިއުލާނު ކުރާނެ ކަމަށް ބެލެވޭ ވިންޑޯޒް 11 ފީޗާތަކުގެ ތެރޭގައި އޭއައި އެކްސްޕްލޯރާ ހިމެނޭއިރު، މައިކްރޮސޮފްޓުން އާ އޭއައި އެކްސްޕީރިއަންސްތައް ދައްކާލާނެ ކަމަށް ވެސް ބެލެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.