ފުލުހުންގެ ތަރުޖަމާން ވިދާޅުވީ އެ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެކަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހެންވޭރު ބޯޅަދަނޑު ކައިރީ ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށް މާރާމާރީގައި ބައިވެރިވި އެހެން މީހުން ހޯދަން ފަށައިފި އެވެ.
މާރާމަރީ ހިންގި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ. ވީޑިއޯގައި ފެންނަނީ ސައިކަލު ގައި އައި ދެ ޒުވާނަކު މީހަކަށް އަނިޔާކޮށް މާރާމާރީ ހިންގާ ތަނެވެ. އަނިޔާވީ އެމްޑީޕީގެ ކުރީގެ އެކްޓިސްޓިވް ޖައުފަރަށެވެ. ދެތީން ފަހަރަކު ޖައުފަރު ނަގާ ބިންމައްޗަށް ވެސް ޖަހަ އެވެ.
ޖައުފަރު ވެސް ހުތުރު ބަސްތަކެއް ބޭނުންކޮށް އެ ޒުވާނާއަށް ހަމަލާދޭން މަސައްކަތް ކުރެ އެވެ.
މާރާމާރީ ހިންގި ސަބަބެއް ސާފެއް ނުވެ އެވެ.
ފުލުހުންގެ ތަރުޖަމާން ވިދާޅުވީ އެ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެކަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެކަމުގައި ބައިވެރިވާ އެހެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅވި އެވެ..