ހުއްދަ ނޫން ސަރަހައްދުތަކަށް ޑްރޯން އަރުވާ މައްސަލަ ބޮޑުވެއްޖެ

ޑިފެންސް މިނިސްޓްރީން ބުނީ އެއްވެސް ތަނެއްގައި ޑްރޯން އަރުވާނަމަ، ތިން ދުވަސް ކުރިން އެކަން އެމްއެންޑީއެފްއަށް އަންގައި ހުއްދަ ނަގަން ޖެހޭނެކަމަށެވެ.

ޑްރޯންއެއް: ޑްރޯން އުދުއްސާނަމަ ހުއްދަ ހޯދަން ޖެހޭ

ހުއްދަ ނޫން ސަރަހައްދުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯން ދުއްވާ މައްސަލަ ބޮޑުވެ އެކަން ނުކުރަން ޑިފެންސް މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ. 

ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި، އެއާޕޯޓްތައް ފަދަ ތަންތަނުގައި ހުއްދައާ ނުލައި ޑްރޯން އަަރުވާ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. 

"... މިކަމަކީ ވައިގެ ދަތުރުފަތުރަށް އެކަމުގެ ސަބަބުން ނުރައްކަލެއް މެދުވެރި ވެދާނެ ކަމަކަށްވާތީ، ޑްރޯން އުދުއްސުމުގެކުރިން މި ވުޒާރާއިން ހުއްދަ ހޯދުމަށް މީގެ ކުރިން ވެސް ވާނީ އާންމުކޮށް އެންގިފައެވެ." ޑިފެންސް މިނިސްޓްރީގެ އިއުލާނުގައި ބުނެ އެވެ. 

އެ މިނިސްޓްރީން ބުނީ، ރާއްޖޭގެ ކޮންމެ ދިމާއެއްގައި ޑްރޯން އަރުވަން ބޭނުންވި ކަމުގައިވިއަސް ތިން ދުވަހުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. 

ހުއްދަ ނުހޯދާ އެ ކަންކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޑިފެންސް މިނިސްޓްރީގެ އިއުލާނުގައި ދީފައި ވެއެވެ. ހުއްދަ ނުހޯދާ އުދުއްސާ ޑްރޯންތަކާމެދު އަޅާ ފިޔަވަޅަކާއި ގުޅިގެން އެތަކެއްޗަށް ލިބޭ ގެއްލުމެއްގެ ޒިންމާ ނުނަގާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެ އެވެ. . 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.